ޚަބަރު

އޮފީހެއް ފަޅާލާ 7 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މާލޭގައި އޮފީހެއް ފަޅާލާ 7 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިރޭ ބުނީ ހެންވޭރުގެ ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލާ ހަތް ލައްކައަށްވުރެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް މިމަހުގެ 23ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ،

އެ މައްސަލައިގެ ތުހުމަތުގައި މާލެ އިން 43 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ދިރިއުޅުނު ތަން ބަލާ ފާސްކޮށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓުމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް މާލެއާއި އަތޮޅު ތެރޭގައި ވައްކަމާއި ފޭރުމާއި ޓެކުން ފަދަ ނުބައި އަމަލުތައް އިތުރުވަމުންދާކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close