ޚަބަރު

ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި

ނިއުޒީލެންޑުގެ ކްރައިސްޓްޗާޗްއަށް މިދިޔަ ހުކުރު ދުވަހު ދިން ހަމަލާއާއި ގުޅިގެން  ހުކުރު ނަމާދު ވަގުތުގެ ބަންގި ގައުމީ ޓީވީ މެދުވެރިކޮށް ހުކުރު ދުވަހު ބްރޯޑްކާސްޓް ކުރާނެ ކަމަށް ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާން ވިދާޅުވެއްޖެއެވެ.

ޖެސީންޑާ ވިދާޅުވީ އެގޮތަށް ނިންމެވީ މުޅި ނިއުޒީލަންޑް އޮތީ މުސްލިމް އާބާދީގެ ހައްގުގައިކަމާއި އެ ހަމަލާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންނާއި އެއްބައިވުމުގެ ގޮތުން ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ކްރައިސްޓްޗާޗުގައި ހުންނަ ދެމިސްކިތަކަށް ހަމަލާދީ 50 މީހުން މަރާލާފައިވާއިރު އެތައް ބަޔަކަށް މިހާރު ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެހަމަލާ ދީފައިވަނީ އޮސްޓްރޭލިއާގެ ޓެރަރިސްޓެއް ކަމަށްވާ ބްރެންޓޮން ޓެރަންޓްއެވެ. ޓެރަންޓް ވަނީ އޭނާ މި އަނިޔާވެރި ހަމަލާ ދިން ވަގުތު އެ މުޅި ހަމަލާ ފޭސްބުކް މެދުވެރިކޮށް ލައިވް ސްޓްރީމް ވެސް ކޮށްފައެވެ. އަދި ހަމަލާދޭން ފެށުމުގެ ކުރިން އޭނާ ވަނީ ވީޑިއޯގައި އޭނާގެ މޫނު ވެސް ދައްކާފައެވެ. އޭނާ ވަނީ ހަމަލާގެ ކުރިން މުސްލިމުންނާ ދެކޮޅު މެނިފެސްޓޯއެއް ޓްވިޓާގައި އާއްމުކޮށްފައެވެ.

ހަމަލާގައި މީހުންގެ ތެރޭގައި ސައުދީ އަރަބިއްޔާ، ތުރުކީ، އުރުދުން، ބަންގްލަދޭޝް، އިންޑޮނީޝިއާ އަދި މެލޭޝިއާއަށް ނިސްބަތްވާ މުސްލިމުން ހިމެނެއެވެ.

ހުކުރު ނަމާދު ވަގުތުގެ ބަންގި ގައުމީ ޓީވީ މެދުވެރިކޮށް ހުކުރު ދުވަހު ބްރޯޑްކާސްޓް ކުރާނެ ކަމަށް ނިއުޒީލެންޑް އިން ހާމަ ކޮށްފައިވާއިރު ހަމަލާތަކަށް ފަހު ނިއުޒީލެންޑްގެ ގާނޫނު ހަދާ މަޖިލީހުން ފުރަތަމަ ފަހަރަށް ބޭއްވި ޖަލްސާ ފަށާފައި ވަނީ ވެސް ކީރިތި ގުރުއާނުގެ ބަރަކާތުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close