ޚަބަރު

ނިއުމާ މިސްގެ ޑިޖިޓަލް ކުލާސް

ނިއުމާ މިސްގެ ޑިޖަލް ކްލާހުގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުފުންނަށް ޚާއްޞަކޮށް މުދައްރިސުންނަށް އެންމެފަސޭހައިން ދެނެގަނެވޭނީ “އެން،އައި،އީ ނިއުމާމިސް” އޭ ދެންނެވުމުންނެވެ.  

ޒަމާނުގެ ތައުލީމު ބޭނުންކޮށްގެން އުނގަންނައިދޭނެ ވައްޓަފާޅިތަކަށް މުދައްރިސުން ތަމްރީން ކުރުމަށް ނިއުމާމިސް ގެންދަވަނީ ވަރަށް އާދަޔާ ޚިލާފު ޑިޖިޓަލް އޮންލައިން ކްލާހެއް ކުރިއަށް ގެންދަވަމުންނެވެ.

މިދެންނެވި ތަމްރީނުތައް ދެމުންގެންދަނީ ނިއުމާ މިސް އަމިއްލަގޮތުން، ކުރިއަށްގެންދަވާ “ޑިޖިޓަލް ކްލާސް” މެދުވެރިކޮށެވެ. އެކްލާސް މެދުނުކެނޑި ހިންގަވާތާ ދުވަސްތަކެއް ވެއްޖެއެވެ.

މި” ޑިޖިޓަލް ޓީޗަރ” ކުލާސްތައް ފޯރީގައި މިހާރުވެސް ހިނގަމުންދެއެވެ.  2020 ވަނަ އަހަރުގެ ނޮވެމްބަރުގައި ފޭސްބުކުގައި އާއި ވައިބަރގައި އިސްތިހާރުކުރުމުން މި ތަމްރީނުތަކުގައި މުދައްރިސުންނާއި، ދަސްކުރާ މުދައްރިސުންނާއި، ތަފާތު ތަމްރީނުތަށް ހިންގަން ބޭނުންވާ ފަރާތްތަކާއި، އަދި ޓިއުޝަންދޭން ބޭނުންވާ ފަރާތްތައްވެސް ބައިވެރިވެއެވެ. މިގޮތުން ފާއިތުވި 7 މަސް ތެރޭގައި ޖުމުލަ ގޮތެއްގައި 300 މުދައްރިސުން ނިއުމާ މިސްގެ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެ ތަމްރީނުތައް ކާމިޔާބު ކަމާއެކު ނިންމައިފިއެވެ. މިއީ 20 ގަޑިއިރުގެ ޕޮރޮގްރާމެކެވެ. ހަފްތާއަކު 3 ދުވަހު ކުލާސްތައް އޮވެއެވެ.

މި ޕޮގްރާމް ރާވައިފައި މިވަނީ ދުރުން ތައުލީމުދިނަސް ވަރަށް ގާތުން ދަރިވަރުންނަށް ކިޔަވައިދޭނެ ގޮތްތަކަށް މުދައްރިސުން އަހުލުވެރި ކޮށް ތަމްރީނު ދިނުމަށެވެ. “ގޫގުލްމީޓް” ބޭނުންކޮށް “ގޫގުލް ކުލާސްރޫމް” ވަރަށް ފައިދާ ހުރިގޮތުގައި ބޭނުންކުރަންބައިވެރިންނަށް ދަސްވެގެން ދެއެވެ.

ތަފާތު  ގޮތްތަކަށް އުނގެނުން ބަށްޓަންކޮށް ބައިވެރިން މިތަމްރީނުގައި      ދަނީ މި ގޮތްތައް ތަޖުރިބާ ކުރަމުންނެވެ. މިތަޖްރިބާތަކުގައި ބައެއް ހާލަތްތަކުގައި ބައިވެރިން އަދާކުރާނީ ސްކޫލް ދަރިވަރެއްގެރޯލެވެ. އަނެއްބައި ހާލަތްތަކުގައި މުދައްރިސެއްގެ ރޯލެވެ. މިގޮތުން “ގޫގުލްޓޫލްސް” ތައް ބޭނުންކުރަން އެނގި އެންމެ ފައިދާހުރިގޮތުގައި ދަރިވަރުންލައްވާ މި ޓޫލްސް ތައް ބޭނުންކޮށް ހުރިހާ ކުދިން ޝާމިލްކޮށް އުނގަންނައި ދިނުމުގެ “އީޕެޑަގޮޖީ” މުދައްރިސުންނަށް ދަސްވެއެވެ.

އަދި ހަމައެއާއެކު އެންމެ ފަހުގެ “އޮންލައިންކޮށް” ދަރިވަރުންގެ ފެންވަރުބަލާނެ ގޮތްތައް މިޕްރޮގްރާމުގައި މުދައްރިސުންނަށް ދަސްވާނެއެވެ. ޚާއްސަކޮށް ޤައުމީ މަންހަޖުގައިވާ “ފޯރމަޓިވް އެސެސްމަންޓް” ބޭނުންކޮށް ފެންވަރުބަލާނެ ގޮތްތައް އެނގިގެން ދާނެއެވެ. މީގެ އިތުރުން ކިޔަވައިދިނުމުގެ ރިސޯސްތައްޔާރުކުރުމުގެ ގޮތުން “އީ-ލައިބްރަރީ” އެއް ތައްޔާރުކޮށް އަމިއްލަ ފޮތްތަކެއް ބައިވެރިން އެކުލަވާލައެވެ. މީގެ ތެރެއިން އެންމެ ޚާއްސަ ކަމަކީ ކުލާސް ނިމޭއިރު ބައިވެރިން ތައްޔާރުކޮށް ހުށަހަޅާ ” އީ ޕޯރޓްފޯލިޔޯ” އެވެ. މި ޕޯރޓްފޯލިޔޯގައި ކުލާހުގައި ކުރި މަސައްކަތްތައް “ޝޯކޭސްކޮށް” ހުށަހަޅައެވެ.

ނިއުމާ މިސްގެ އާދަޔާ ޚިލާފު އުފެއްދުންތެރި މި ތަމްރީން ޕްރޮގްރާމްގެ ކާމިޔާބުކަން އެނގިގެންދަނީ މިކޯސްތައް ފުރިހަމަކުރި ބައިވެރިންގެ ކޮމެންޓް ތަކުންނެވެ. މިޕްރޮގްރާމުގައި ތަފާތު ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންވެސް ބައިވެރިވެލައްވަމުންގެންދަވާއިރު އެފަދަ ފަރާތްތަކުން ނިއުމާމިސްގެ މި ކްލާސްތަކާމެދު ދެކެނީ ވަރަށް ޕޮޒިޓިވް ކޮށެވެ.

ތިރީގައި އެވަނީ ބައެއް ބޭފުޅުންގެ މިފަދަ ބައެއް ކޮމެންޓް ތަކެވެ.

ޝިފްޒާ ޙުސެއިން ( ހިރިލަންދޫ އަންހެނުންގެ ޕްރީސްކޫލް ޓީޗަރެއް )

”ޑިޖިޓަލް ޓީޗަރއޭ ބުނުމުން އަޅުގަނޑު ފުރަތަމަ ހިތައްއެރީ، ދުރުގައިތިބެ ކިޔަވައިދޭނެ ކިތަންމެ ގިނަގޮތްތަކެއް ދަސްކުރިޔަސް ، ސްކޫލަށްގޮސްގެން މިކިޔަވައިދޭ ކިޔަވައިދިނުމާ އެއްގޮތް ނުވާނެކަން، ނަމަވެސް ނިއުމާމިސްއާއެކު ކުރި މިދަތުރުގައި އަޅުގަނޑުގެ އެވިސްނުން އެއްކޮށް ބަދަލުވެގެން ދިޔަ، ދުރުގައި ތިއްބަސް ދަރިވަރުން މާބޮޑަށް ޝައުގުވެރިވާނެ ގޮތަށް ކިޔަވައިދޭން މިސް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވި، އެހެންރަށެއްގައި ހުއްޓެއްކަމަކު ދަރިވަރުންގެ ބެލެނިވެރިންނާވެސް ގުޅިގެން އުނގަންނައިދެވިދާނެ ގޮތްތަށް މިސް ދަސްކޮށްދެއްވި.”

އައިޝަތު އާދަމް (އެމް.އެން،ޔޫ ގެ ބެޗްލަރ އޮފްޓީޗިން ޕްރައިމަރީ އިސްލާމްގެ ދަރިވަރެއް)

“ޓެކްނޮލޮޖީ އަކީ އެއްދުވަހުން އަނެއް ދުވަހަށް ބާރު ސްޕީޑެއްގައި ކުރިއަރަމުން ދާ އެއްޗަކަށް ވެފައި އެއާ ނުލައި ދަރިވަރުންގެ އުނގެނުމުގެ ކަންކަން ރޭވުމަކީ ދަތިކަމަކަށް ވާނެއެވެ. ހަމައެހެންމެ އެތަކެތިން ދަރިވަރުން ދުރުކޮށްގެން ކިޔަވައިދިނުން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުން ވެސް އުނދަގޫވާނެއެވެ. މިފަދަ ހާލަތެއްގައި މުހިންމު ކަމެއްކަމުގައި ދެކިގެން ނިޢުމާ މިސް ފެށި މަސައްކަތަށް އަޅުގަނޑު ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިގެންދިއައެވެ. އެގޮތުން ނިޢުމާ މިސްއާއި އެކު ހޭދަކުރި ދުވަސްތަކުގައި އުނގެނުމުގެ ކަންކަން ކުރިއެރުވުމަށް ހުނަރުތައް ތަރައްޤީކުރުމާއި، ވިސްނުން ފުޅާކުރުމާއި،ޤާބިލްކަން އިތުރުކުރުމާއި، ތަފާތު ވިސްނުންތައް ބިނާކޮށްގެން އުފެއްދުންތެރި ޚިޔާލު ނެރުމާއި، އާކަންތައްތައް ދަސްކުރުމަށް އަދި އެހެންމެ ތަފާތު ޢަމަލީ މަސައްކަތްތައް ކުރުމަށް ދަސްވެގެން ދިޔައެވެ.”   

މޫސާ ރަޝީދު (ދިއްފުށި ސްކޫލް ޓީޗަރެއް)

ނިޢުމާމިސް އާއިއެކު ކުރިޔަށް ގެންދެވުނު ޑިޖިޓަލް ޓީޗަރ އޮންލައިން ޕްރޮގުރާމަކީ، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން 21 ވަނަ ގަރުނުގެ ތަޢުލީމީ ހުނަރުތަކަށް ދަރިވަރުން ޝަޢުޤުވެރި ކުރުވާ ދަރިވަރުންގެ ޢިލްމީ މަސައްކަތްތައް އޮންލައިން ޕްލެޓްފޯރމްގައި ޙިއްޞާ ކުރެވޭނެ ގޮތްތަކާއި، ޢިލްމު ލިބިގެންދިޔަ ޕްރޮގްރާމެއް. އަދި ދަރިވަރުންގެ ކުރިއެރުން ދުވަހުން ދުވަހަށް މިންކޮށް ބެލެނިވެރިނާއި ހިއްޞާ ކުރެވޭނެ މުހިއްމު ގޮތްތައް ދަސްވެގެންދިޔަ އުގެނުމުގެ އަގުނުކުރެވޭނެ ޙަރަކާތެއް. އަދި މިއީ، ކިޔަވައިދިނުމުގައި / އުގަންނައިދިނުމުގައި މުޅިޢުމުރުގައިވެސް ބޭނުންހިފޭނެ އަގުހުރި ފިލާވަޅުތަކަކާއި، ކިޔަވައިދިނުމުގައި ލިބެންހުރި ވަޞީލަތްތަކަށް ފަރިތަވެ އަހުލުވެރިވެގެން ދިޔަ ވަރަށް ފައިދާހުރި ބިނާކުރަނިވި ޕްރޮގުރާމެއް”

ނާއިލާ ޢަބްދުއްޞަމަދު، (އެމް.އެން،ޔޫ ގެ ބެޗްލަރ އޮފްޓީޗިން ޕްރައިމަރީ އިސްލާމްއެންޑް ޤުރުއާންގެ ދަރިވަރެއް)

ނިއުމާ މިސް އާއި އެކު އަޅުގަނޑު މި ހޭދަކޮއްލީ ވަރަށް ވެސް އުފާވެރި އަގުނުކުރެވޭ ފުރިހަމަ ވަގުތު ކޮޅެކެވެ. “މިސް” އާއި އެކު މިހޭދަވި ކުޑަ ދުވަސް ކޮޅުގައި އަޅުގަނޑަށް ވަރަށް ގިނަ މުހިއްމު އުނގެނުމުގެ ގިނަ ކަންތައްތަކެއް ދަސްވެ އެގިގެން ހިގައްޖެއެވެ. ” މިސް” އާއި އެކީ މަސައްކަތް މިކޮއްލީ އެއްވެސް ފޫހިކަމެއް ވަރުބަލިވުމެއް ނެތިއެވެ. މިފަދަ ބޭނުންތެރި ފުރިހަމަ ޕޮރޮގްރާމެއް މިސް އާއި އެކު ބައިވެރި ވުމުގެ ފުރުސަތެއް ލިބުނީތީ ﷲއަށް ޙަމްދުކުރަމެވެ. “މިސް ” ބެހެއްޓި ގާތްކަމާއި ، ހިތްހެޔޮ ކަން ދުވަހަކުވެސް ހަދާނުން ފިލައިގެން ނުދާނެއެވެ.

އަނާރަ ނައީމް (ކުރީގެ މަޖްލިސް މެމްބަރެއް)

ޑިޖިޓަލް ޓީޗަރ ޕްރޮގްރާމް ނިޢުމާ މިސްއާއެކު ނިންމާލިއިރު ގޫގްލްގެ އެޕްސްތަކަށް ފަރިތަވެ ވަރަށްބޮޑަށް ފަސޭހަވެގެންދިޔައެވެ. އަދި އެޕްރޮގްރާމްގައިނިޢުމާމިސް ކިޔަވައިދެއްވާގޮތް ވަރަށް ރަނގަޅުކަން ފާހަގަކުރެވުނެވެ. ނިޢުމާމިސްގެ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވާށިއެވެ.

ހައްވާ ޒާހިރާ (ކޮންސަލްޓަންޓް، ޔުނިސެފް، ކުރީގެ ޓީޗަރ އެޑިއުކޭޓަރެއް)

ނިޢުމާ އާއިގުޅޭ ގޮތުންބުނެލެވޭނީ އެއީ ދެވަނައެއް ނެތްފަދަ މުދައްރިސެކެވެ. ކިޔަވާދެވިފައިވާ ދަރިވަރަކަށް ބަލާއިރު، އުފަލުން ހިތްފުރޭފަދަ ރިވެތިސިފަތަކެއްގެ ވެރިނަމޫނާ މުދައްރިސެކެވެ. ހާއްޞަ ސިފަތަކަށް ބލާލާ ނަމަ ދަންނަވާލެވޭނީ އޭނާއަކީ ހީވާގި،ހިންގުންތެރި، ހިތްހެޔޮ، ކެތްތެރި، އުފެއްދުންތެރި، އަދި އަބަދުވެސް އިޙުތިރާމާއިއެކު، ހިނިތުންވުމަކާއިއެކު މީހުންނާ ބައްދަލުކުރާ މުދައްރިސެކެވެ.   .

Sadhfa Saeed, (a former teacher)

This training is very effective for teachers, specially during this time where the world is dependent on online teaching and learning.

Miss Niuma is a very patient teacher, taking her time to explain every single detail even if she has to explain it again and again. I really appreciate her enthusiasm to train more people to understand the free apps that we can use to make learning and teaching fun and enjoyable for our kids.

Digital training program teaches the participants not only to be familiar with the apps but to make our own google classroom and how to go about it. I would totally recommend this program for teachers, tuition teachers, or anyone looking forward to brush their digital skills and to improve their knowledge

އެން، އައި،އީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެޑިއުކޭޝަން ޑިވެލަޕްމަންޓް އޮފިސަރ ކޯރޑިނޭޓަރ ގެ މަގާމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ނިއުމާމިސްގެ މި ޑިޖިޓަލް ކްލާސްރޫމަކީ ކޮވިޑްގެ މި ޕެންޑަމިކްގައި އަޅުގަނޑުމެންގެ ދަރިވަރުންނަށާއި، މުދައްރިސުންނަށް ވަރަށް ބޭނުންތެރި މުހިންމު ޕްރޮގްރާމެއްކަން ޔަޤީނެވެ. ނިއުމާމިސްގެ މަސައްކަތުގައި ކުރިއެރުމާއި، ބަރަކާތް މިންވަރު ކުރައްވާށިއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close