ޚަބަރު

ކުޑަކުއްޖާ ހަށިވިއްކުވި މައްސަލައިގައި އަޝްމަލީއާއެކު ލަންކާގެ 15 މީހަކު ހައްޔަރު ކުރި

ކުޑަ އަންހެންކުއްޖަކު ލައްވާ ލަންކާގައި ހަށި ވިއްކުވި މައްސަލައިގައި ރާއްޖޭގެ ކުރީގެ ސްޓޭޓް މިނިސްޓަރުކަން ކޮށްފައިވާ މުހައްމަދު އަޝްމަލީއާއެކު ލަންކާގެ 15 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ ލަންކާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

ހައްޔަރު ކުރި ފަރާތްތަކުގެ ތެރޭގައި ރޫލިން ޕާޓީގެ ބައެއް ފަރާތްތައްވެސް ހައްޔަރުކޮށްފައިވާކަމަށް ލަންކާ ފުލުހުން ބުނެފައި ވެއެވެ.

ލަންކާ ފުލުހުންނާ ހަވާލާދީ ބައެއްރިޕޯޓްތަކުގައި ބުނެފައިވަނީ އަޝްމަލީ އާއެކު ހައްޔަރުކުރި ބައެއް ފަރާތްތަކަކީ ރޫލިން ޕާޓީގެ ވަރުގަދަ ބައެއް ސިޔާސީ ފަރާތްތަކެއް ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް އަޝްމަލީ ހައްޔަރު ކުރި ސަބަބުގެ ތެރޭގައި، އެ އަންހެން ކުއްޖާގެ ހަށި ވިއްކަން ބޭނުންކުރި ދެ ވެބްސައިޓް މެއިންޓެއިންކޮށް ހިންގަމުންދިޔަ ފަރާތަކީވެސް އަޝްމަލީ ކަމަށް ބުނެފައިވެއެވެ. އެއީވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތެއް ކަމުގައިވެސް ބުނެފައިވެއެވެ.

މި މައްސަލައިގާ ލަންކާ ފުލުހުން ވަނީ 32 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 22 މީހަކު، 15 އަހަރުގެ އެ އަންހެން ކުއްޖާ އާ ގުޅުން ހިންގި ކަމަށްވެސް ލަންކާ ފުލުހުން ބުނެފައިވެއެވެެ.

މި މައްސަލައިގާ ހައްޔަރުކުރި ބައެއް މީހުންގެ ބަންދަށް މުއްދަތު ޖަހާފައިވާއިރު، އަޝްމަލީގެ ބަންދަށްވެސް 10 ދުވަސް ވަނީ ޖަހާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close