ޚަބަރު

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަކީ އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފައިނުވާ ވިސްނުމެއް – ރައީސް ނަޝީދު

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަކީ އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފައިނުވާ ވިސްނުމެއް ކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އައްޑޫ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށާއި، އެއީ އަމިއްލަ ނޭފަތު ކުރީގައި ތަޅުލެވިފައިވާ ވިސްނުމެއް ނޫން ކަމަށެވެ. އަދި އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމު ކުރުމަކީ އައްޑޫއަށް ވެސް އަދި މުޅި ރާއްޖެއަށް ވެސް ފައިދާ ވާނެ ކަމެއް ކަމުގައި ވެސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

އައްޑޫގައި ހުޅުވަން އިންޑިޔާއިން ނިންމައިފައިވާ އިންޑިޔާގެ ކޮންސިއުލޭޓް އަވަސް ކުރަން ޖެހޭ ކަމަށާއި އެކޮންސިއުލޭޓްގެ ސަބަބުން، ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އައްޑޫ ހިތަދޫ އުތުރުދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އެމްބަސީއެއް މާލޭގައި ހުންނައިރު އެގައުމުގެކޮންސިއުލޭޓް އޮފީހެއް ރާއްޖޭގެ އިތުރު އެއްވެސްސަރަހައްދެއްގައި މިވަގުތު ގާއިމުކޮށްފައެއް ނުވެއެވެ. ނަމަވެސްރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް އިންޑިއާގެ ޓްރިވެންޑްރަމްގައިހުރެއެވެ.

ރައީސް ނަޝީދުގެ ޓްވީޓަށް ބައެއް މީހުން ވަނީ ރައްދުވެސް ދީފައެވެ. ތަރައްޤީ ކުރަނީ ކޮންސިއުލޭޓް އޮފީހުންތޯ އާއި، އެފަދަ އޮފީހެއް ހުރުމުން ލިބޭނީ ކޮންކަހަލަ ފައިދާތަކެއްތޯ ވަނީ ސުވާލުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close