ޚަބަރު

މޯލްޑިވްސް ޕޮލިސް ސަރވިސްގައި ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން، ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން އުރަމަތީގެ ކެންސަރަށް ސްކްރީން  ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި 28 ފެބުރުވަރީގައި ފެށި މިޕްރޮގްރާމްގެ ތެރެއިން، އުރަމަތީގެ ކެންސަރަށް މުވައްޒަފުން ސްކްރީންކުރުމާއި އަދި ކެންސަރާއި ގުޅޭގޮތުން މަޢުލޫމާތު ދިނެވެ. އެގޮތުން ކެންސަރަކީ ކޮބައިކަމާއި، ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަމުގެ އިތުރުން ކެންސަރުގެ އަލާމާތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނެވެ. އަދި ކެންސަރު ބަލިން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރަންވީ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދެވިގެން ދިޔައެވެ.

ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރަމުންދާ އަންހެން މުވައްޒަފުނަށް ޚާއްސަކޮށްގެން 28 ފެބުރުވަރީގެ ހެނދުނު 9:00ން 17:30ށް ކުރިއަށް ގްނދިޔަ މި ސްކްރީނިންގ ޕްރޮގްރާމްގައި، އުރަމަތީގެ ކެންސަރަށް މުވައްޒަފުން ސްކްރީންކުރުމާއި ކެންސަރު ބައްޔާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވަނީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޑޮކްޓަރުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close