ޚަބަރު

“އިންޑިއާ އައުޓް” ކެމްޕެއިންގެ ތެރެއަށް ޗައިނާއިން ނުވަންނާނެކަމަށް ބުނެފި

“އިންޑިއާ އައުޓް” ކެމްޕެއިންގެ ތެރެއަށް ޗައިނާއިން ނުވަންނާނެކަމަށް ޗައިނާ އެމްބަސީން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ފުޅާ ކުރަމުންދާ “އިންޑިއާ އައުޓް” ކެމްޕެއިނަށް ފަންޑު ކުރަނީ ޗައިނާއިންތޯ ސުވާލު ކުރުމުން ޖަވާބު ދެމުން ޗައިނާއެމްބަސީން ބުނީ ޤައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް އެ ގައުމުން ނުވަންނާނެކަމަށެވެ.

އެ ސުވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. މި ސުވާޅު ޓުވިޓާގައި އޭނާ ކުރެއްވީ އިއްޔެ އިދިކޮޅުން ބޭއްވި “އިންޑިއާ އައުޓް” މުޒާހަރާގެ ތެރެއިން ޗައިނާ އެމްބަސީ ދޮރުމަތީގައި އެއްވުމުގެ ބައިވެރިން ތިބި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

ޝިޔާންގެ ޓުވީޓަށް ޖަވާބު ދެމުން އިންޑިއާ އެމްބަސީން ބުނެފައިވަނީ ދާހިލީ ކަންކަމުގެ ތެރެއަށް އެ ގައުމުން ނުވަންނާނެކަމަށެވެ. އަދި ރާއްޖެއާއި އެ ގައުމާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށް ބުންޏެވެ.

އެކަމަކު ފަންޑު ކުރަންތޯ ކުރެއްވި ސުވާލަށް ސީދާ ޖަވާބު ދީފައެއް ނުވެ އެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރާ މުޒާހަރާތަކެކެވެ. އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި އިންޑިއާގެ75 ސިފައިން ރާއްޖޭގައި އެބަތިއްބެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close