ދެމަފިރިންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ފިރިމިހާ ކަރަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފި
ރޭ ދަންވަރު މާލޭގައި ދެމަފިރިންގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ފިރިހެން މީހާގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ރޭ ހިނގި މިހާދިސާގެ މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހަކަށް އަނިޔާއެއް ލިބިގެން އޭޑީކޭގައި ފަރުވާދެމުން ގެންދާކަމުގެ މަޢުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެކަން އިތުރަށް ބަލަމުންދާކަމަށެވެ. މިހާދިސާ ހިނގާފައިވަނީ ރޭ ދަނވަރު 3 ޖަހާކަން ހާއިރުކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިހާދިސާ ހިނގަން މެދުވެރި ސަބަބެއްވެސް އަދި ހާދިސާ އާއި ގުޅޭ މާބޮޑު ތަފްސީލެއްވެސް ފުލުހުން އަދި ހިއްސާކޮށްފައިނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މީހެއްގެ ކަރަށް ވަޅި ޖަހާ ޒަހަމްކޮށްލައިގެން ފަރުވާދެމުން އަންނަނީ ދެމަފިރިއެއް ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގައި މީގެ ކުރިން ވެސް ދެމަފިރިންގެ ދެމެދުގައި ހަމަނުޖެހުންތައް ހިނގައި ހިތާމަވެރި ކަންކަން މެދުވެރިވެފައި ވެއެވެ. މިފަދަ ބައެއް ހާދިސާތަކުގައި މީހުން މަރުވެފައި ވެސް ވެއެވެ.



Mibaavathuge aniyaaverivaa meehunge nan
mibaavathuge meehunah dhevey hivvareh sirru kurumakee