ޚަބަރު

ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ތާއީދު ކުރައްވާނެ: ނަޝީދު


ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ތާއީދު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީގެ ކޮންގްރެސްގައި ވެރިކަމުގެ. ނިޒާމު ބަދަލު ކުރުމަށް ބަހުސް ކުރުން އޮންނާނެއެވެ. އެ ކޮންގްރެސް އަށް ނަޝީދު މިހާރު ވަނީ ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުގެ ތާއީދާއެކު ގަރާރެއް ހުށަހެޅުއްވުމަށް ނިންމައިފައެވެ.

އެ ގަރާރުގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އިންތިހާބު ކާމިޔާބުކޮށް ސާފު ސާދާ މުތުލަގަށް ބާރުތަކާއެކު ސަރުކާރު ހިންގުމަށް އެއް ޕާޓީއަކަށް އާދެވުމަކީ ނާދިރު ކަމެއް ކަމަށެވެ.

ނަޝީދުގެ ގަރާރުގައި ގާނޫނު އަސާސީ އަށް ގެންނަން ހުށަހަޅާ އިސްލާހުތައް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ އެންމެ އިސްވެރިޔާ އަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ އެ މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށާއި އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާ އަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައަޅާނީ ރިޔާސީ އިންތިހާބެއްގައި ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓެއްގައި އެންމެ ގިނައިން ވޯޓު ލިބޭ ފަރާތެއް ކަމަށް ނަޝީދުގެ ގަރާރުގައިވެއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ތާއީދު ކުރައްވާނެ ކަމަށެވެ.

އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފައްޔާޒުގެ ތާއީދު ލިބުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު ފައްޔާޒާ ދެކޮޅަށް ނިކުމެވަޑައިގެންނެވުމަކީ ހެއްދެވުނު ގޯހެއް ކަމަށާއި އެކަން އެހެން ކުރުވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ދާދިފަހުން ނަޝީދު ވަނީ ވިދާޅުވެފައެވެ.

“މިހެން އުޅޭއިރު ބޮނޑިވެސް ބޮވޭނެ. އަޅުގަނޑަށް މާލެ ދެވުނީމާ ސީދާ މއ ބޯގަންވިލާ (ފައްޔާޒުގެ ގެކޮޅު) ގޮސް މާފަށް އެދޭނަން” ނަޝީދު ފޮނުއްވެވި މެސެޖުގައި ވިދާޅުވިއެވެ.

ނަޝީދު ވަނީ މީގެކުރިން ތަފާތު އެކި ފަހަރު މަތިން ފައްޔާޒަށް ތުހުމަތުތަކެއް ކުރައްވައިފައެވެ. ޗެއާޕާސަން އިންތިހާބުގައި ވެސް ނަޝީދުގެ ތާއީދު އޮތީ ފައްޔާޒާ ދެކޮޅަށް ނިކުންނެވި އިމްތިޔާޒު ފަހުމީއަށެވެ. ނަމަވެސް އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވުމުން ނަޝީދު ފައްޔާޒަށް މަރުހަބާ ވިދާޅުވެ އެމްޑީޕީގެ އޮފީހުގައި ދެބޭފުޅުން ވަނީ ބައްދަލުކުރައްވައިފައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close