ރާއްޖެއިން އިތުރު 1187 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 1187 މީހަކު މިއަދު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭއިން މިރޭ ޢާއްމުކުރި ހިސާބުތަކުން ދައްކާގޮތުގައި މިއަދު ޕޮޒިޓިވްވި އަދަދުތަކުގެ ތެރޭގައި 438 މީހުންނަކީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ ސާމްޕަލްތަކުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ.
އެހެންކަމުން މިއަދު ޖުމުލަ އަދަދު ބަޔާކޮށްފައި އެވަނީ ބެކްލޮގާއެކުގައެވެ.
މިހާރު ކޮވިޑަށް ވަރުވާ ދެމުންދާ މީހުންގެ އަދަދު އުޅެނީ 18،843 ގަ އެވެ. އެޑްމިޓްކޮށްގެން 274 މީހަކަށް ދަނީ ފަރުވާދެމުންނެވެ.
މިއަދަކީ އެންމެ ގިނަ މީހުން ކޮވިޑުގައި މަރުވި ދުވަހެވެ. ހަތް މީހަކު މިއަދު މަރުވެފައިވާއިރު ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 112 އަށް އަރާފަ އެވެ.
ކޮވިޑް ޖެހުނު މީހުންގެ އަދަދު 48،608 އަށް އަރައިފި އެވެ.

