ގއ. ވިލިނގިލިގައި ހުންނަ އެސްޓީއޯ ފާމަސީ ފަޅާލައިފި
ގއ. ވިލިނގިލީގައި ހުންނަ އެސްޓީއޯގެ ފާމަސީ ފަޅާލައިފިއެވެ.
ބައެއް މީޑިއާ ތަކަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ފާމަސީ ފަޅާލާފައިވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލު ލިބުމުން ހިއްސާ ކުރައްވާނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އެ ރަށުގެ ކައުންސިލް ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ ފާމަސީ ފަޅާލާފައިވަނީ އެތަނުގެ ބިއްލޫރިތަކެއް ތަޅާލައިގެން ކަަމަށެވެ.
ގެއްލުންދީގެން އެ ފާމަސީ ފަޅާލާފައިވާއިރު މީގެ ދެ އަހަރު ކުރިންވެސް ހަމަ މި ފާމަސީ ފަޅާލާފައިވެއެވެ.
ރާއްޖޭގައި ވައްކަމާއި ، ފޭރުމާއި، މާރާމާރީ އިތުވެފައިވާ ދުވަސްވަރެއްގައި މިފަދަކަންކަމަށް ޢާއްމުން ސަމާލުވެ ތިއްބެއްވުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.


