ޚަބަރު

ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ޢާއިލާތަކަށް ސަރުކާރުން އެހީވަނީ

މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރަށް ރަށް ބަދަލު ވާން ބޭނުންވާ ޢާއިލާތަކަށް ސަރުކާރުން އެހީތެރިވުމަށް ނިންމަވާފައިވާ ކަމަށް ޖެންޑަ މިނިސްޓަރު ޑރ.އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ މިހާލަތުގައި މާލޭގައި ދިރިއުޅުއްވާ އާއިލާތަކަށް ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވަމުންދާތީ އެފަދަ އާއިލާތަކަށް އަމިއްލަ ރަށަށް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

އެޕޯސްޓްގައި ޖެންޑަ މިނިސްޓަރު ވިދާޅުވީ މާލޭގައި ދިރިއުޅުއްވާ ފަރާތްތަކުގެ ތެރެއިން އެ ފަރާތެއްގެ ރަށަށް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން 1421 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

https://www.facebook.com/aishath.didi/posts/10158068380278940

ކޮވިޑް-19 ގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު އެތައް ވިޔަފާރިއެއް އިނދަޖެހުމުން ދާ މި ދަނޑިވަޅުގައި ސަރުކާރުން ގެންދަނީ އެފަދަ ފަރާތްތަކަށް އެހީތެރިވުމަށް “އިންކަމް ސަޕޯޓް ޕްރޮގްރާމް” ނަމުގައި ޕްރޮގްރާމެއް ފައްޓަވައިގެން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close