ބޭރުދުނިޔެ

ޣައިރު މުސްލިމުންނަށް މައްކާއަށް ވަނުމަށް އެހީތެރިވި ސައުދީ ރައްޔިތަކު ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ޣައިރު މުސްލިމުންނަށް މައްކާއަށް ވަނުމަށް އެހީތެރިވި ކަމަށް ބުނެ ސައުދީ ރައްޔިތަކު ހައްޔަރުކޮށް، ޕަބްލިކް ޕްރޮސެކިއުޝަނަށް ފޮނުވައިފިކަމަށް ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނެފިއެވެ.

“މައްކާ ސަރަހައްދުގެ ފުލުހުން ވަނީ ޕަބްލިކް ޕްރޮސެކިއުޝަނަށް ރައްޔިތަކު ރިފަރ ކޮށްފައި، އެއީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ (ޣައިރު މުސްލިމް) ނޫސްވެރިއަކު މާތް ސިޓީ މައްކާއަށް ބަދަލުކޮށް އެތެރެވުމަށް މަގުފަހިކޮށްދިނުމުގައި ބައިވެރިވި މީހެކެވެ. މުސްލިމުންނަށް ހާއްސަކޮށްފައިވާ މަގެއްގެ ތެރެއިން ޣައިރު މުސްލިމުން މައްކާއަށް އެތެރެވުން މަނާކުރާ ގާނޫނުތަކާ ހިލާފުވެގެން،” އެސްޕީއޭގެ ބަޔާނުގައިވެ އެވެ.

“އެހެންވެ އޭނާ ހައްޔަރުކޮށް، ގާނޫނީ ފިޔަވަޅު އަޅާފައި ވަނީ،” ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

މައްކާ ފުލުހުންގެ ތަރުޖަމާނު އިންޒާރު ދެއްވީ ސައުދީ އަރަބިއްޔާއަށް އަންނަ ބިދޭސީން އެގައުމުގެ ގާނޫނުތަކަށް އިހުތިރާމްކޮށް އެއަށް އަމަލުކުރަން ޖެހޭ ކަމަށާއި ހާއްސަކޮށް މައްކާގެ މަސްޖިދުލް ހަރާމާއި މަދީނާގެ ނަބިއްޔާ މިސްކިތާ ގުޅޭ ގޮތުން ހެދިފައިވާ ޤަވާޢިދު ތަކަށް އިހްތިރާމް ކުރަންޖެހޭނެކަމަށެވެ.

އަދި ޣައިރު މުސްލިމުން އެތެރެވުން މަނާކުރުމާބެހޭ ޤާނޫނާ ޚިލާފުވާ އެއްވެސް މީޙަކު އިސްތިސްނާ ނުކުރެވޭނެ ކަމަށާއި އެ ކުށްކުރާ ފަރާތްތަކަށް އަދަބު ލިބޭނެ ކަމަށް ތަރުޖަމާނު އިތުރަށް ވިދާޅުވިއެވެ.

އަދި އެ ޖަރީމާ ހިންގި ނޫސްވެރިޔާ ވެސް ޕަބްލިކް ޕްރޮސެކިއުޝަނަށް ފޮނުވައި، އެކަމަށް އަޅަންޖެހޭ އިޖުރާއަތްތައް ތަންފީޒު ކުރާނެ ކަމަށް އެސްޕީއޭގެ ބަޔާނުގައިވެ އެވެ.

ފްރާންސްގައި ހުންނަ އޭއެފްޕީގެ ނިއުސް އެޖެންސީން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޫސްވެރިޔާ (ގިލް ޓަމަރީ – އިސްރާއީލުގެ ޗެނަލް 13 ގައި މަސައްކަތް ކުރާ  ) ވަނީ މައްކާއަށް ވަގަށް ވަދެގެން އުޅޭ ވީޑިއޯއެއް ޓްވިޓާގައި އާންމުކޮށްފަ އެވެ.

އެ ވީޑިއޯގައި ޓަމަރީ އަރަފާތު ފަރުބަދައަށް އަރައި، ހައްޖުގެ ދުވަސްވަރު މުސްލިމުން އެއްވާ މުޤައްދަސް ތަންތަނަށް ގޮސް އޭނާ މައްކާއަށް ޒިޔާރަތް ކުރަން ބޭނުންވި ގޮތުގެ ވާހަކަ ދައްކަމުން ދިޔަތަން ފެނިފައިވެއެވެ.

އެ ވީޑިއޯއަށް އޮންލައިންކޮށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ނޫސްވެރިޔާ ކުރެއްވި ޓްވީޓެއްގައި މައާފަށް އެދިފައިވެއެވެ. އަދި އޭނަ މައްކާއަށް ވަނީ މުސްލިމުން ރުޅިއެރުވުމުގެ ގަސްތުގައި ނޫންކަމަށާއި، އޭނާގެ ބޭނުމަކީ “މައްކާގެ މުހިންމުކަމާއި ދީނުގެ ރީތިކަން ދެއްކުން” ކަމަށް ބުނެފައިވެއެވެ.

އެއް ކޮމެންޓް

  1. Mee Muslim gaumuthakun kan kuraane jehey gothakee, ghairumuslimun nah ulheveynee vaki hudhoodhegge thereygaa kan sauoodheen mi angaidhinee,
    Ekamaku migaumun mi kuraa kamakee verikan kuraa paateege amilla edhun kuriah Neri maaiyvegenvaa islaam dheenaa rasoolu RSAW ah guruaanah maa ALLAAHU ah keerithi guruaanah furassaara kuraa. meehun gaumah ethere Koh efadha nubai nulafaa baigandah mi lobuvethi islaamee gaumuge baaruthah dhee gaumu ebaimeehunge alhuvathikamuge thereah vattaalaigen mi thibenee amilla edhun foavegen, mivaruge jaahilu bayaku migaumuge verikamah adhi dhuvahakuves naaraa.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close