ޚަބަރު

މާލޭގައި ދެ މާރާމާރިއެއްގައި ތިންމީހަކު ޒަޚަމްކޮށްލައިފި


މާލޭގައި ދެ މާރާމާރިއެއް ހިންގައި ބަޔަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ކޯރުކެނޑި މަގުން މާވެޔޮ މިސްކިތް ކައިރީގައި ފަތިހު 5:48 ކަންހާއިރުކަމަށެވެ. އެ މާރާމާރީގައި 23 އަހަރުގެ ދިވެއްސަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދެވަނަ މާރާމާރީ ހިންގާފައިވަނީ ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައިކަމަށާއި، އެ މާރާމާރި ހިނގާފައިވަނީ މިއަދު 9:17 ކަންހާއިރުކަމަށް ފުލުހުން ބުންޏެވެ. އެ މާރާމާރީގައި ދެ މީހަކު ވަނީ ޒަހަމްކޮށްލައިފައެވެ. އެ ދެމީހުންނަށް އޭޑީކޭގައި އަންނަނީ ފަރުވާދެމުންނެވެ.

މި މާރާމާރިތަކުގައި ޒަޚްމްވި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close