ޚަބަރު

ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 1007 މީހުން

ރާއްޖެއިން މިއަދުވެސް ކޮވިޑް-19 އަށް1007 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ނެރުނު ތަފާސްހިސާބުން ދައްކާގޮތުގައި މިއަދު ގްރޭޓާރ މާލޭ އޭރިޔާއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 793 މީހުންނެވެ.

183 މީހަކު އަތޮޅުތެރޭން ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން ޕޮޒިޓިވް ވެފައިވަނީ 26 މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުތެރޭ ވަނީ 3159 ސާމްޕަލް ނަގާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި ތިބީ 15666 މީހުން ކަމުގައިވެސް އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކައެވެ.

ފާއިތުވެ ދިޔަ ހަތަރު ދުވަހުވެސް ރާއްޖޭގައި ކޮވިޑް ކޭސްތައް ކޮންމެ ދުވަހަކު ހާހަކުން މަތިން އަންނަނީ ޕޮޒިޓިވް ވަމުންނެވެ.

ކޮވިޑުން ސަލާމަތް ވުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތައް އިތުރަށްހަރުދަނާ ކުރުމަށް ޢާއްމު ފަރާތްތަކުން މިހާރުވެސް އަންނަނީ ގޮވާލަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close