ރޯދައިގެ ރުކުންތަކަކީ ކޮބައިތޯ؟ އަދި ރޯދައިވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކީ ކޮބައިތޯ؟
ރޯދައިގެ ރުކުންތަކަކީ ކޮބައިތޯ؟ އަދި ރޯދައިވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކީ ކޮބައިތޯ؟
ޖަވާބު:
ރޯދައިގައި އޮންނަނީ 2 ރުކުނެކެވެ. އެއީ ނިޔަތް ގަތުމާއި ފުޖުރުއްޞާދިޤުގެ އަލިކަން ފައުޅުވީއްސުރެން އިރު އޮއްސެންދެން ރޯދަ ގެއްލޭ އެންމެހައި ކަންތައްތަކުން ދުރުހެލިވެ ހުރުމެވެ.
ސުވާލު 4
ރޯދައިވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކީ ކޮބާ؟
ޖަވާބު:
ފުރަތަމަ ކަމަކީ ރޯދަ ގެއްލޭ އެންމެހައި ކަންތައްތަކުން ދުރުހެލިވުމެވެ. ދެވަނަ ކަމަކީ ތިމާގެ ދުލާއި ހިއްސުތައް ހަޑިހުތުރު އެންމެހައި ކަންތައްތަކުން އެއްކިބާ ކުރުމެވެ.
އެތަކެއް މުޙައްދިޘުން ރިވާ ކުރަށްވާފައިވާ ޙަދީޘެއްގައި ވެއެވެ. أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الصِّيَامُ جُنَّةٌ فَلَا يَرْفُثْ وَلَا يَجْهَلْ وَإِنْ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ مَرَّتَيْنِ މާނައީ: ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ދަންނާށެވެ! ރޯދަ ހަޑިހުތުރު ކަންކަމުން ރައްކަައުތެރިވުމަށް އޮތް އައްޑަނައެކެވެ. ވުމާއެކު ހަޑިހުތުރު އެއްޗެހި ދުލުން ނުކިޔާށެވެ. ޒުވާބުކޮށް އަރާރުންވެ ނުހަދާށެވެ. އަދި މީހަކު ކަލެއާ އަރައިރުންވެ ހުތުރު އެއްޗެހި ކިޔުނަސް އޭނާއަށް އޭގެ ޖަވާބު ނުދޭށެވެ. އޭނާގެ ގާތު ބުނާށެވެ. ތިމަންނާއީ ރޯދަވެރިއަކީމެވެ. ރޯދަވެރިއަކީމެވެ.
އައްޝައިޚް ޙުސެއިން ރަޝީދު އަޙްމަދުގެ ލިޔުއްވުމަކުން

