ބޭރުދުނިޔެ

ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޖޯންސަން ރިޔާޟަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ ބުދަ ދުވަހު ކަމަށް އެ ޤައުމުގެ ރަސްމީ ނޫސް އޭޖެންސީ (އެސްޕީއޭ) އިން ރިޕޯޓް ކޮށްފިއެވެ.

ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް އިސްތިޤުބާލު ކުރެއްވީ، ރިޔާޟް ސަރަޙައްދުގެ ޑެޕިއުޓީ ގަވަރނަރ ޕްރިންސް މުޙަންމަދު ބިން ޢަބްދުއްރަޙްމާންއާއި، އިނގިރޭސިވިލާތުން ސައޫދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނީލް ކްރޮމްޕްޓަންއެވެ.

ބުދަ ދުވަހު އަބޫދާބީގެ ވަލީއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތައް އޭގެ ހަތަރުވަނަ ހަފްތާއަކަށް ދިގުދެމިގެންދާއިރު، ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކުގެ ހަމަޖެހުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ތެލުގެ އަގު ތައް އުފުލެމުން އަންނަ މި ދަނޑިވަޅުގައި ގަލްފުގެ ގައުމުތަކުން ރަޝިއާގެ ހައިޑްރޯކާބަންއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ފަހު އަރަބި ތެޔޮ އެކްސްޕޯޓް ކުރާ ފަރާތްތަކާ އެކު ގުޅުން ބަދަހި ކުރުން އެއީ ބޮޑުވަޒީރުގެ ގަލްފު ދަތުރުގެ މަގުސަދު ކަމުގައި ބައެއް ރިޕޯޓްތައް ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close