ބޭރުދުނިޔެ

ބެންކޮކްގައި އާދަޔާޚިލާފަށް ހޫނުގަދަވެ ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފި

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ގެއިން ބޭރަށް ނުނިކުމެ ގޭތެރޭގައި ތިބުމަށް ތައިލޭންޑުގެ ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

ބެންކޮކްގެ ހޫނުމިން 39 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އިހުސާސުކުރެވޭ ހޫނުމިން ވަނީ 52 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވެފައެވެ.

“އިހުސާސްކުރެވޭ ހޫނުމިން މިއަދު ވަރަށް މަތި. ގެއިން ބޭރަށް ނުކުމެގެން ކުރަންޖެހޭ ކަންތައްތައް މަދުކުރުމަށް އެދެން.” ބެންކޮކް ސިޓީ އޮތޯރިޓީގެ އެންވަޔަރަންމަންޓް ޑިޕާޓްމަންޓުން ބުދަ ދުވަހު ފޭސްބުކް ޕޯސްޓެއްގައި ލިޔެފައިވެއެވެ.

އޭޕްރީލް މަހަކީ އާންމުކޮށް ތައިލެންޑަށް ހޫނު މަހެއް ނަމަވެސް ޕެސިފިކް ސަރަހައްދުގައި އުފެދިފައިވާ އެލް ނީނޯގެ ސަބަބުން މިއަހަރުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ދުނިޔޭގެ ފިނިހޫނުމިން މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް މަތިވެފައިވާއިރު، އޭޝިއާ ހޫނުވަމުން އަންނަނީ ވަކިން ހަލުވި ދުވެއްޔެއްގައި ކަމަށް އދ ގެ މޫސުމާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ބޭންކޮކަކީ މޫސުމީ ބޮޑެތި ބަދަލުތަކެއް އަންނަ ސިޓީއަކަށްވާއިރު، މިއަހަރުގެ ކުރީކޮޅު އެ ސިޓީއަށްވަނީ ބޯކޮށްވާރޭވެހި ފެންބޮޑުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close