ސަޢުދީ ޢަރަބިއްޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު އަނެއްކާވެސް ރެކޯޑް އަދަދަކަށް
ސަޢުދީ ޢަރަބިއްޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު އަނެއްކާވެސް ރެކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ.
ސަޢުދީ ޢަރަބިއްޔާގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.
މީގެ ކުރިން ޕީކް ގައި ދުވާލެއްގެ މައްޗަށް ކޭސްތައް މައްޗަށް ނުދާވަރަށް އިއްޔެވަނީ މައްޗަށް ގޮސްފައެވެ. 12 ޖެނުއަރީ 2022 ގައި 5362 ކޭސް ރެކޯޑް ކުރެވިފައިވާ ވެއެވެ.
ސައޫދީގައި ހަލުވިކަމާއެކު ޓްރާންސްމިސިބަލް އޮމިކްރޯން ވޭރިއަންޓް ފެތުރޭއިރު، ކޭސް ނަމްބަރުތައް ދަނީ މައްޗަށް އަރަމުންނެވެ.
ސަޢުދީ ޢަރަބިއްޔާއިން އޮމިކްރޯން ވޭރިއަންޓްގެ ފުރަތަމަ ކޭސް ރެކޯޑްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުއެވެ.
ބަލިމަޑުކަން ފެތުރެން ފެށިފަހުން މިހާތަނަށް ސައުދީ އަރަބިއްޔާއިން 599،044 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، 8،901 މީހުން ވަނީ މަރުވެފައެވެ.
މުޅި ޤައުމުގައި ވެކްސިން ދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.
އެ ގައުމުން ދާދި ފަހުން ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަޕްޑޭޓްކޮށް، އިޖުތިމާއީ ގައިދުރުކަމުގެ އުސޫލާ ހިލާފުވާ މީހުންނަށް 266 ޑޮލަރު (1،000 ސައުދީ ރިޔާލް) އާ ޖޫރިމަނާއެއް އަދި ތަކުރާރުކޮށް ކުށްކުރާ މީހުންނަށް 266،000 ޑޮލަރު (100،000 ރިޔާލް) ޖޫރިމަނާ ކުރާނެ ކަން އިއުލާންކޮށްފަ އެވެ.
މައްކާގެ ހަރަމްފުޅުގެ ތެރޭގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގެ ފިޔަވަޅުތައް ވެސް ސައުދީ އަރަބިއްޔާއިން ވަނީ އަލުން ތައާރަފުކޮށްފަ އެވެ.
އަދި އާންމު ން އެއްވެ އުޅޭ ތަންތަނާއި، ގެއިން ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުމުގެ މެންޑޭޓްވެސް ވަނީ އަލުން ތައާރަފުކޮށްފައެވެ.




