ޚަބަރު

ދެދުވަހުގެ ދަތުރުފުޅެއްގައި ރައީސް، ނ.އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވަނީ

ދެދުވަހުގެ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް، ނ.އަތޮޅުގެ 5 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ފުރާވަޑއިގަތުމަށް ހަމަޖެހިވާކަމަށެވެ. މާދަމަ އެމަނިކުފާނު 3 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި ބުދަ ދުވަހު 2 ރަށަކަށް ވަޑައި ގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާފަރު، ލަންދޫ، މަނަދޫ، މަގޫދޫ އަދި ހޮޅުދުއަށެވެ.

މިދަތުރުފުޅުފައި އެރަށްތަކުގައި ފެށްޓުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް އިފްތިތާހު ކޮށްދެއްވުމާއި، ބައެއް މަޝްރޫޢުތައް ނިންމުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މިދަތުރުފުޅުގައި އެރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close