ދުބާއީ: 2022 ވަނައަރަށް 81 ބިލިއަން ދިރުހަމްގެ ބަޖެޓެއް ފާސްކޮށްފި.
ދުބާއީގެ ރޫލަރ ވަނީ 2022-24 ވަނަ އަހަރުގެ މާލީ އަހަރުތަކަށް 81 ބިލިއަން ދިރުހަމްގެ ބަޖެޓެއް ފާސްކޮށްފައެވެ.
ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ރޫލަރ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ފާސްކުރެއްވި ބަޖެޓުގައި 2022 ވަނަ އަހަރަށް ކަނޑައަޅާފައިވަނީ 60 ބިލިއަން ދިރުހަމް އެވެ.
“އިސްކަން ދޭނީ ރައްޔިތެއްގެ ގޮތުގައި، އެމީހުންގެ އުފަލުގައި އަދި އެމީހުންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމަށް،” ދުބާއީގެ ވަލީއަހުދު ޝައިހް ހަމްދާން ބިން މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
“ދުބާއީ ސަރުކާރުން ދަނީ ދުނިޔޭގެ އިޤްތިޞާދީ މަރުކަޒެއްގެ ގޮތުގައި އެމިރޭޓްސްގެ ޕޮޒިޝަން ހަރުދަނާކޮށް، ވާދަވެރިކަން އިތުރުކޮށް، ދުނިޔޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރުމަށް އަޅުގަނޑުމެންގެ މުސްތަޤްބަލުގެ އުންމީދުތައް ޙާޞިލުކުރަމުން” ޝައިޚް ހަމްދާން އިތުރަށް ވިދާޅުވިއެވެ.

