ޚަބަރު

މުލިއާގޭ ކައިރީގައި ހުރި ފޮށީގައި ހުރީ ކުނި!

މުލިއާގޭ ކައިރީގައި އިއްޔެ ބަހައްޓާފައި ހުރި ގޮތް ނޭނގޭ ފޮށީގައި ހުރީ ހުސް ކުނި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެ ސަރަހައްދުގައި އެ ފޮށި ބަހައްޓާފައި ހުރުމުން މުލިއާގެ ހިމެނޭ ސަރަހައްދު ސިފައިން ބަންދު ކުރީ އިއްޔެގެ ހަވީރު6:06 ހާއިރު އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެ ފޮށި ބަހައްޓާފައި ހުރީ މުލިއާގޭ ހުޅަނގު ދެކުނު ކަންމަތީ އަނެއް ފަރާތު ޕޭވްމަންޓު މަތީގައި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދު ބަންދު ކުރީ އެ ފޮށި ބަހައްޓާފައި ހުރި ސަރަހައްދަކީ އެފަދަ އެއްޗެހި ބެހެއްޓުން މަނާ ސަރަހައްދަކަށް ވާތީ ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ.

އެފޮށި އެސަރަހައްދުން ނަގައި ތަން ކްލިއާ ކުރީ ރޭ7:26 ގައި އެވެ.

އެސަރަހަށްދު މިހާރުވަނީ އާއްމު ހާލަތަށް އައިސްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close