ޚަބަރު

މަސްތުވާތަކެތި ވިއްކައިގެން ހޯދާ ފައިސާ ލޯންޑަރ ކުރަނީ ފުލުހުންގެ މުއައްސަސާއިން – މެމްބަރ ޔައުޤޫބު

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ހޯދާ ފައިސާ ލޯނޑަރ ކުރާތަނަކީ ފުލުހުންގެ މުއައްސަސާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.

“ޗޭންޖު އެންޑީއޭ” ނަމުގައި މަޖިލީހަށް ހުށައަޅާފައިވާ ޕެޓިޝަން ދިރާސާކޮށް ކޮމިޓީން ނިންމި ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން ޔަޢުޤޫބު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުންގެ އެހީ ފުލުހުންގެ އިދާރާއަށް ހޯދަމުންދާކަމަށެވެ. އެފަދަ ބައެއް ކަންކަން އެނގިވަޑައިގެން ފުލުހުންނަށް ރިޕޯޓްކުރައްވާފައިވާނެކަމަށްވެސް ޔަޢުގޫބު ވިދާޅުވިއެވެ.

ޔަޢުގޫބު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ޚިދުމަތް ފުލުހުން ހޯދަމުންދަނީ އެމީހުން އެކަން ކުރާކަން އެނގިތިބެކަމަށާއި، އެއީ ހިތާމަކުރައްވާކަމެއްކަމަށެވެ. ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާ ދޮންނަން، މަނީ ލޯންޑާ ކުރަން ބޭނުންކުރާ ވަސީލަތަކަށް ފުލުހުންގެ މުއައްސަސާވެގެންދާކަމަށް ޔަޢުޤޫބު ތުހުމަތުކުރެއްވިއެވެ.

ޔަޢުޤޫބު ވަނީ އެއީ އެތައް އަހަރެއްވަންދެން ހިނގަމުން އައިސްފައިވާ ކަމެއްކަމަށް ތުހުމަތުކުރައްވާފައެވެ.

ނަތީޖާއަކަށް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާ ދޮންނަން، މަނީ ލޯންޑާ ކުރަން ބޭނުންކުރާ ވަސީލަތަކީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވެގެންދިއުން.

– ޔަޢުޤޫބު ޢަބްދުﷲ

ޔައުގޫބު ވިދާޅުވީ އެކަންކަމަށް ހައްލު ނުލިބި، އެއްފަޅިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހައްޔަރުކުރެވި، އަނެއް ފަޅިން އެމީހުން އެކުރާ މަސައްކަތަށް ބާރުދެވޭ ޒާތުގެ ކަންކަން އެ މީހުންނާއެކީ ކޮންމެވެސް ސިފައެއްގައި ކުރެވުމަކީ ހަގީގީ މާނައިގައި އޭގެ ހެޔޮ ބަދަލު ނާންނާނެކަމެއްކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާ ދޮންނަ ތަނަކީ ފުލުހުންގެ މުއައްސަސާކަމަށް ޔައުގޫބު ވިދާޅުވިނަމަވެސް، އޭގެ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއްނުވެއެވެ.

ޔައުގޫބު ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރުމަށް ޤާނޫނަށްގިނަ ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close