ޚަބަރު

ޤާނޫނުލްޢުޤޫބާތަށް ހުށަހަޅާފައިވާ އިޞްލާޙާ ދެކޮޅަށް އިތުރު 7 ކައުންސިލަކުންނާއި 1 ޖަމްޢިއްޔާއަކުން ބަޔާން ނެރެފި

ޤާނޫނުލްޢުޤޫބާތަށް ސަރުކާރުން އިސްލާޙު ގެނައުމުގެ ނަމުގައި ހުށަހަޅާފައިވާ އިޞްލާޙާ ދެކޮޅަށް އިތުރު 7 ކައުންސިލަކުންނާއި 1 ޖަމްޢިއްޔާއަކުން ބަޔާން ނެރެފިއެވެ.

އެގޮތުން އެކަމާއި ދެކޮޅަށް މިއަދު ބަޔާން ނެރެފައިވަނީ، ބ.އޭދަފުށި ކައުންސިލުންނާއި އދ.މާމިގިލި ކައުންސިލުންނާއި ކ.ގުރައިދޫ ކައުންސިލުންނާއި ތ.ހިރިލަންދޫ ކައުންސިލުންނާއި ހދ.ނޮޅިވަރަން ކައުންސިލުގެ އިތުރުން ރ.އަނގޮޅިތީމު ކައުންސިލުންނެވެ.

މީގެ އިތުރުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙާއިދެކޮޅަށް ރ.އަނގޮޅިތީމު ކައުންސިލުންނާއި ސޮސައިޓީ ފޯރ މާފަރު (ނ.މާފަރު) ޖަމްޢިއްޔާއަކުންވެސް ވަނީ އިއްޔެ ބަޔާން ނެރިފައެވެ.

މިހުރިހާ ބަޔާންތަކެއްގައިވެސް ޖުމުލަކޮށް ބަޔާންކޮށްފައިވަނީ އެއްވާހަކަތެކެވެ. އެއީ، ހުށަހެޅިފައިވާ އިޞްލާޙު ބަލައި ނުގަންނަކަމަށާއި އެ އިޞާލާޙުގެ ސަބަބުން އިސްލާމްދީނާއި ޚިލާފު ވާހަކަތައް ދެއްކުމަށް ފުރުޞަތު ހުޅުވާލެވިގެންދާކަމަށާއި އަދި އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކަށް ޤާނޫނެއްގެ ތެރެއިން ހިމާޔަތް ދެވިގެންދާނެ ކަމަށެވެ.

އަދި ހަމައެހެންމެ، މުންކަރާތްތައް މަނާކުރުމަށް ބާރު އަޅަމުންދާ ފަރާތްތަކުގެ މަސައްކަތަށް މިކަމުގެ ސަބަބުން ހުރަސްތަކެއް އެޅިގެންދާނެކަމަށާއި މި އިސްލާޙު ފާސްވެއްޖެނަމަ، އިސްލާމްދީނާއި ޚިލާފު ވާހަކަތައް ދައްކާ މީހުންނާއި ދެކޮޅަށް ބަސްބުނާ މީހުން ކުށްވެރިވެގެންދާނެކަމަށެވެ.

މިއަދުގެ މިހާތަނަށް، 15 ކައުންސިލަކުންނާއި 2 ޖަމްޢިއްޔާއަކުންވަނީ ސަރުކާރުން ހުށަހަޅާފައިވާ އެ އިޞްލާޙާއި ދެކޮޅަށް ބަޔާން ނެރިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close