ޚަބަރު

ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ފުލުހުންނަށް ހުރަސް ނޭޅޭނެ ކަމަށް ޓްރާސްޕޭރެންސީ ބުނެފި

ސުލްހަވެރިކަމާއިއެކު ހިންގޭ ސިޔާސީ ހަރަކާތްތަކަށް ފުލުހުންނަސް ހުރަސް ނޭޅޭނެ ކަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ހުކުރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ހުޅުމާލޭހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ޖަލްސާއަށް ފުލުހުން ހުރަސް އަޅާފައި ވަނިކޮށް ޓްރާސްޕޭރެންސީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއިއެކު އެއްވެއުޅުމަކީ ގާނޫނު އަސާސީންނާއި އަދި ބައިނަލްއަޤުވާމީ އެތައް އެއްބަސްވުމަކުން ކަށަވަރު ކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ. ސަރުކާރުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި އެއްވެ އުޅުމުގެ ހައްގު ކަށަވަރު ކޮށްދޭ ބައިނަލްއަޤުވާމީ އެއްބަސްވުންތަކުގެ ތެރޭގައި ޔުނިވާސަލް ޑެކްލަރޭޝަންސް އޮފް ހިއުމަން ރައިޓްސް އަދި އިންޓަނޭޝަނަލް ކޮންވީނަންޓް އޮފް ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އިން ވެސް ކަށަވަރު ކޮށްދޭކަން ޓްރާންސްޕޭރެންސީ އިން ފާހަގަ ކޮށްފައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން މާދަމާރޭ ޖަލްސާ ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންވެސް ދަނީ ހުރަސް އަޅަމުންނެވެ. އަދި ގިނަ އަދަދެއްގެ ފުލުހުންދަނީ އެސަރަހައްދުގައި އެއްވެސް ކަމެއް ކުރިޔަ ނުދޭން ބެރިކޭޑްޖަހައި މުޅި ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މާލެ ސިޓީ ކައުންސިލްގެ ކޯޅުން ބޮޑުވެ އެންމެ ފަހުން ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުންވަނީ އިއްޔެ ބާޠިލްކޮށްފައެވެ.

އެގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ “ކޮތަރުކޮށި” ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ އެޗްޑީސީގެ އެއްވެސް ހުއްދައެއް ނެތިކަމަށް އެޗްޑީސީން ބުންޏެވެ. ހުކުރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ޖަލްސާއާއި ގުޅޭގޮތުން އެޗްޑީސީން ބުނެފައިވަނީ މިޖަލްސާ ބާއްވާކަން އެނގިފައިވަނި މީޑިއާއިން ކަމަށެވެ. ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެޗްޑީސީއަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު އެޗްޑީސީން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން މިކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close