ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 1603 މީހުން
ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 1603 މީހުންކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
މިއަދު އެޗްޕީއޭގެ ހިސާބުތައް ހާމަކޮށްފައިވަނީ ބެކްލޮގާއި ނުލައެވެ. އެހެންކަމުން މިއަދުގެ އެއަދަދަކީ ހަމައެކަނި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޢަދަދެވެ.
ކޯވިޑް-19 އަށް މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ1،025 މީހުންނެވެ. އަތޮޅު ތެރެއިން571 މީހުން ޕޮސިޓިވްވެފައިވާއިރު އޮޕަރޭޓް ކުރާ ރިސޯޓުތަކުން ޕޮސިޓިވްވެފައިވަނީ ހަތް މީހުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ ބައި ލައްކަ ހުރަސްކޮށްފަ އެވެ. މިހާތަނަށް ރާއްޖެއިން 52،405 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 31،197 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
މިވަގުތު ކޮވިޑް ޖެހިފައި ތިބި 21،079 މީހަކު އެބަ ތިއްބެވެ. އޭގެ ތެރެއިން 286 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޮވިޑް19 ޖެހިގެން މިހާތަނަށް ރާއްޖެއިން 120 މީހަކު ވަނީ މަރުވެފަ އެވެ.


