ޚަބަރު

ޢަލީ ވަހީދަކީ އެމްޑީޕީގެ ސިޔާސަތުތައް އޮޅިވަޑައިނުގަންނަވާނެ ބޭފުޅެއް – ޙަސަން ލަތީފު

ޢަލީ ވަޙީދަކީ މިވަގުތު އެމްޑީޕީގެ މެމްބަރެއް ނޫން ނަމަވެސް އޭނާއަކީ އެމްޑީޕީގެ ސިޔާސަތުތަކާއި އަސާސްތައް އޮޅިވަޑައިނުގަންނަވާނެ ބޭފުޅެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަލް ލަތީފް ވިދާޅުވެއްޖެއެވެ.

ޙަސަންލަތީފް ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވީ ރިސޯޓުތަކުން ސާވިސް ޗާޖު ދިނުމާބެހޭ ގޮތުން މިނިސްޓަރ ޢަލީ ވަޙީދު ދެއްކެވި ވާހަކަތަކާ ނުރުހިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންނާއި ބައެއް ޢާއްމުން ފާޑުކިޔަމުންދަނިކޮށްގެންނެވެ.

“ޢަލީ ވަޙީދަކީ މިވަގުތު އެމްޑީޕީގެ މެމްބަރެއް ނޫންކަމުގައި ވިޔަސް އެއީ އެމްޑީޕީގެ ސިޔާސަތުތަކާއި އަސާސްތައް ހަމަގައިމު ނޯޅޭނެ ބޭފުޅެއް. އެއީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރައްވާ އެންމެގަދަ އެއް މިނިސްޓަރު،” ޙަސްން ލަތީފު ވިދާޅުވެފައިވެއެވެ.

ޙަސަން ލަތީފުގެ އިތުރުން އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ޢަލީ ވަޙީދު ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވަނީ މިނިސްޓަރުގެ ދިފާޢުގައި ވާހަކަ ދައްކަވައިފައެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޢަލީ ވަޙީދަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަމަށެވެ. އެހެންކަމުން އެޕާޓީގެ ސިޔާސަތުތައް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނަށް އިތުބާރު ކުރައްވާ ކަމަށާއި ސާވިސްޗާޖުގެ މައްސަލަ ވެސް ޙައްލު ކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ޤާސިމް ވިދާޅުވެފައިވަނީ ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރައާއި ސާވިސްޗާޖަކީ މިނިސްޓަރު ކަނޑައަޅުއްވާ އެއްޗެއް ނޫންކަމަށެވެ. ޢަލީ ވަޙީދަކީ ޤާބިލް މިނިސްޓަރެއް ކަމަށާއި ހުރިހާ ކަމެއްވެސް ކުރައްވާނީ ޤާނޫނުގައިވާ ގޮތުގެ މަތީން ކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close