ޚަބަރު

ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އަވަސް ފިޔަވަޅު އަޅަންޖެހޭ – ޑރ.ޝަހީމް


ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އަވަސް ފިޔަވަޅު އެޅުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ޑރ.ޝަހީމް މިކަމަށް ގޮވާލެއްވީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން އުޅޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ، އެކަން ހުއްޓުވަ ފިޔަވަޅު އަޅަން މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން ބުނުމާއި ގުޅިގެންނެވެ.

ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައިވަނީ “ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން އުޅޭތީ ފިޔަވަޅު އަޅަނީ” މިސުރުޚީގެ ދަށުން އޮންލައިން ނޫސް މިހާރުގައި ޝާއިޢުކޮށްފަިއވާ ލިޔުމެއްވެސް އެޓޭޗް ކުރައްވާފައެވެ.

ފޭސްބުކް މެދުވެރިކޮށް ކްރިސްޓިއަން ދީނާ ބެހޭ މަޢުލޫމާތުދީ ރާއްޖޭގައި އެދީން ފެތުރުމަށް ކޮށްފައިވާ ޕޯސްޓްތަކާއި ގުޅޭގޮތުން މީޑިއާއިން ސުވާލުކުރުމުންފުލުހުން ބުނީ އެ މައްސަލާގައި ފިޔަވަޅު އަޅަން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިކަމާއި ގުޅިގެން ރާއްޖޭގައި އިސްލާމީ ވަޙްދަތު ހިމާޔަތްކޮށް ކުރިއެރުވުމަށް ގިނަމަސައްކަތްތަކެއް ކުރައްވާ އަދި ދީނީ ކަންކަމަށް ޢާންމުން ހޭލުންތެރިކުރުވުމުގައި ގިނަ މަސައްކަތްތަކެއްވެސް ކުރައްވާ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހިމް ވިދާޅުވީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލަން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އަވަސް ފިޔަވަޅު އަޅަންޖެހޭކަމަށެވެ.

ރާއްޖޭގައި ކްރިސްޓިއަން ދީން ފެތުރުމަށް މަސައްކަތްތަކެއްކުރަމުން އަންނަކަން ހާމަވެފައިވާއިރު، އެކަމާއި ގުޅޭގޮތުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްތަކުގައި ވަނީ ކްރިސްޓިއަން ދީނާއި ގުޅޭ ތަފާތު ގިނަ ކުރެހުމާއި އެދީނާއި ބެހޭ ވެބްސައިޓްތަކުގެ ލިންކުތަކާއި މަޢުލޫމާތުތައްވެސް ހިމަނާފައެވެ. މީގެ އިތުރުން ކްރިސްޓިއަން ދީނާއި ގުޅޭގޮތުން ދިވެހިން އަޑު އަޅަފައިވާ ބައެއް ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވެއެވެ.

އަދި ސޯޝަލް މީޑިއާގައި ގިނަބަޔަކަށް ފެންނާނެހެންވެސް އެފަދަ ޕޯސްޓްތައް ހުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close