ޚަބަރު

އަޅުގަނޑުމެންނާއި ދިމާލަށް ގާސިމް އިބްރާހިމް އަންނާނެ: ރައީސް ނަޝީދު

އެމްޑީޕީ އާއި ދިމާލަށް ހުރިހާ ވާދަވެރި ޕާޓީތައް އަބަދުވެސް އަންނާނެ ކަމަށާއި، އަދި އެބޭފުޅުން މަސައްކަތް ކުރައްވާނީ ޕާޓީގެ ތެރޭގައި ޚިލާފު އުފައްދަން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އެހެންނަމަވެސް އެމްޑީޕީ އެއަށް ވުރެ ބަދަހި ކަމަށާއި، ފެންނަނީ އެހެން ޕާޓީތަކުގެތެރޭގައި ޚިލާފު އުފެދިގެން އުޅޭ މަންޒަރުކަމަށެވެ.

އަޅުގަޑުމެންނާއި ދިމާލަށް އަޅުގަނޑުމެންގެ ވާދަވެރިން އަންނާނެ. އަޅުގަނޑުމެންނާއި ދިމާލަށް ގާސިމް އިބްރާހިމް އަންނާނެ. ކިތަންމެ އެއްޗެއް ވިދާޅުވާނެ .އަޅުގަނޑުމެންނާއި ދިމާލަށް ރައީސް ޔާމީން ވަޑައިގަންނަވާނެ. އެބޭފުޅުން މަސައްކަތް ކުރައްވާނެ އަޅުގަނޑުމެންގެ ތެރޭގައި ޚިލާފު އުފައްދަންވެސް .އެބޭފުޅުން އުޅުއްވާނެ ހުރިހާ ގޮތަކަށް. ކުރައްވާނެ ހުރިހާކަމެއް ދައްކަވާނެ ހުރިހާ ވާހަކަ އެއް. ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ސާބިތުކަން ގުޑުވައި ނުލެވޭނެ ކަން ޔަގީން ކަށަވަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެންމެ ގިނަ ސިޔާސީ ޕާޓީ ހައްދަވަން އުޅުއްވާ ބޭފުޅާ ނޫން ކަމަށާއި އެމަނިކުފާނު އަބަދުވެސް ގެންގުޅުއްވަނީ އެންމެ ސިޔާސީ ޕާޓީއެއް ގެންގުޅުމުގެ ފިކުރު ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އޮތުން އެއީ އަބަދުވެސް ހިތުގެ އަޑިން ޤަބޫލުކުރައްވާކަމަށެވެ. އެހެންނަނަމެވެސް އެމަނިކުފާނުގެ ވިސްނުމަކީ އަބަދުވެސް އެއްޕާޓީއެއްގައި ދެމިހުރުން ކަމަށެވެ.

އަޅުގަނޑަށް އުޅެވޭނީވެސް އެންމެ ޕާޓީއެއްގައި އެއީ އިންސާނެއްގެ އޮންނާނީ އެންމެ ފިކުރެއް ވީމަ. އޭނާއަކަށް މާދަމާގޮސް އެހެން ޕާޓީއެއް ހަދާފައި އޭގެ އަނެއް ދުވަހު އަނެއްކާ ބައްޕަ އަށް ޕާޓީއެއް ހަދައިދީފައި… ދައްތައަށް ޕާޓީއެއް ހަދައިދީފައި ބޭބެއަށް ޕާޓީއެއް ހަދައިދީފައި އެހެންނެއް ނުދެވޭނޭ. އެއީކީ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ނޫން. ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުންނާ މުޚާތަބު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންވެސް މިރާއްޖޭގައި މިވަގުތު ރައްޔިތުންނާއެކުގައި އެގޮތަށް އެ އުޅުއްވެވެނީ އެ ބޭފުޅުންނާއި ހުރެކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި ވެރިކަން ބަދަލުވީމާ ކުރީގައި ވެރިއަކަށް ހުންނަ މީހާއަށް އެހެން ޕާޓީތަކުން އަދި އެހެން ސަރުކާރު ތަކުން ހަދަމުންދިޔަ ގޮތް ފެނިފައިވާނެ ކަމަށްވެސް ނަޝީދު ރޭގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close