ޚަބަރު

ވިލިމާލޭ ހޮސްޕިޓަލުން ވެކްސިން ޖެހުން ހުއްޓާލައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަންނިންމައިފި


މުއްދަތު ހަމަވެފައިވާ ވެކްސިނެއް ވިލިމާލޭ ކުޑަކުދިންނަށް ދިން މައްސަލައިގައި ، އެ ހޮސްޕިޓަލުން ވެކްސިން ޖެހުން ހުއްޓާލައި އެކަމުގައި އިހުމަލުވި މީހުން ބަލައި އެމީހުންނަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމުގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނެފިއެވެ.


އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ވެކްސިން އެ ހޮސްޕިޓަލުން ދިން މައްސަލައެއް އައިޖީއެމްއެޗްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު އެ މައްސަލަ އައިޖީއެމް ހޮސްޕިޓަލާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ތަހުގީގު ކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ މައްސަލައިގައި އިހުމާލުވާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލުން ބުންޏެެވެ.

ގުޅުންހުރި ލިޔުންތައް

މީގެއިތުރުން އެފަދަ ކަމެއް ކުރިމަގުގައި ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އައިޖީއެމްއެޗުން ވަނީ ރައްޔިތުންނަށް ދީފައެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. އުޝާމް ވިދާޅުވީ، ވިލިމާލޭ ހޮސްޕިޓަލުގައި، ދުވަސް ހަމަވެފައިވާ ވެކްސިނެއް ކުޑަކުދިންތަކަކަށް ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާ މިކަން ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

މުއްދަތުހަމަވެފައިވާ ވެކްސިންގެ އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުން، ފެބްރުއަރީ 2020 ގައި އުފެއްދި އެ ވެކްސިން މިދިޔަ ޖެނުއަރީ އެކެއްގައި ވަނީ މުއްދަތު ހަމަވެފައެވެ. މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި ކަމަށް ބުނާ މައްސަލަ ހެލްތް މިނިސްޓްރީންވެސް މިހާރު ވަނީ ބަލަން ފަށާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close