ޚަބަރު

ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން މިއަދު އިތުރު ދިވެއްސަކު ނިޔާވެއްޖެކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވައިފިއެވެ.

މި ބަލީގައި ނިޔާވެފައިވަނީ ޢުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީނާއަކީ އައިޖީއެމްއެޗަށް އިއްޔެ ގެންގޮސް އެހޮސްޕިޓަލުގެ އީއާރުގަ ފަރުވާ ދެމުންދިޔަ މީހެއް ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 20ވަނަ މީހާއެވެ.

އެޗްޕީއޭއިން ވިދާޅުވީ މި މީހާ ނިޔާވެފައިވަނީ މިއަދު މެންދުރުކަމަށެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 14 ދިވެހިންނާއި 6 ބިދޭސީންނެވެ.

ކޯވިޑް-19އަށް މިހާތަނަށް ރާއްޖޭގައި 5157 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close