ޚަބަރު

“ޖާރނީ ޓު ދަ ސަނީ ސައިޑް” ގެ އަސަރުކޮށްފި، އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދެގުނައަށް

އިންޑިއާއިން އަންނަ ފަތުރުވެރިން 2 ގުނަ އިތުރުވެފައި މިވަނީ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށް އެގޮތުން އެމްއެމްޕީއާރުސީން “ޖާރނީ ޓު ދަ ސަނީ ސައިޑް” ގެ ނަމުގައި އިންޑިއާގައި ރޯޑްޝޯއެއްވެސް ބާއްވާފައި ވަނިކޮށް މިދިޔަ އަހަރުގެ ފުރަތަމަ 5 މަސްދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 5 މަސް ދުވަހުގެތެރޭގައި ރާއްޖެ ޒިޔާރަތްކުރި އިންޑިއާގެ ފަތުރުވެރިންގެ އަދަދު 2 ގުނަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީއިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މޭ މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެ އައިސްފައިވަނީ ތިރީސް ތިންހާސް ހަތްސަތޭކަ ތިރީސް ހަތަރު ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ ފަސްދޮޅަސް ހަހާސް ދުއިސައްތަ ފަސްދޮޅަސް ފަހަކަށް އިތުރުވެފައެވެ.

މިއަހަރުގެ މިހާހިސާބަށް އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ގުނަ އިތުރުވެފައިވާއިރު، އިންޑިއާ ފަތުރުވެރިން އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ މޭމަހުގެ ތެރޭގައެވެ. މޭމަހު އެކަނިވެސް އިންޑިއާއިން ރާއްޖެއަށް ސަތާރަހާސް ތިންސަތޭކަ އަށްޑިހަ ނުވަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މޭމަހު ރާއްޖެއަށް ޒިޔާރަތްކުރީ އަށްހާސް ހަތްސަތޭކަ އެގާރަ ފަތުރުވެރިންނެވެ.

2013 ވަނަ އަހަރުންފެށިގެން 2018 ވަނަ އަހަރާއި ހަމައަށް އިންޑިއާ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. 2013 ވަނަ އަހަރު ތިރީސް އަށްހާސް ސާދަ ފަތުރުވެރިން ޒިޔާރަތްކުރިއިރު ނިމިދިޔަ އަހަރު މިއަދަދު އުޅުނީ ނުވަދިހަ ހާސް ހަތަރުސަތޭކަ ހަތްދިހަ ހަތަރެއްގައެވެ.

މިއަހަރުގެ ފުރަތަމަ ފަސްމަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ ހަތްސަތޭކަ ސާޅީސް ނުވަހާސް އެއްސަތޭކަ ސާދައެވެ.

އެއް ކޮމެންޓް

  1. މިއީ އަޅުގަނޑު ނެގި ފޮޓޯ އެއް ނޫން. ނަމަވެސް ފޮޓޯ ނެގި މީހާ އެނގޭ. ފޮޓޯ ކްރެޑިޓް ދިނުމަކީ ރީތި އާދައެއް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close