ޚަބަރު

26 ދުވަހަށްފަހު ލަންދޫގެ މިސްކިތްތައް ހުޅުވާލައިފި

ކޮވިޑް-19 އާއި ގުޅިގެން ނ.ލަންދޫ ގައި މިސްކިތްތަކުގައި ޖަމާޢާތުގައި ނަމާދުކުރުން މަނާކޮށްފައި އޮތުމަށްފަހު 26 ދުވަސް ފަހުން މިރޭ އެރަށުގެ މިސްކިތްތައް ހުޅުވާލައިފިއެވެ.
މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ބަލި ފުރަތަމަ ފަހަރަށް ނ.ލަންދޫގެ ކޮމިޔުނިޓީ ތެރެއިން ފެނިފައިވަނީ 19 މެއި 2021 ގައެވެ. އެދުވަހުން ފެށިގެން އެރަށް މޮނިޓަރިން ހާލަތަށް ލުމާއިއެކު މިސްކިތްތަކުގައި ނަމާދުކުރުން މަނާކޮށްފައި ، އޮތްއޮތުމަށް ލުޔެއް ދިނުމަށް ފަހު މިރޭގެ ފަތިސް ނަމާދުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ލަންދޫގެ މިސްކިތްތަކުގައި ނަމާދު ކުރެވޭނެކަމަށް ލަންދޫގެ ކޮވިޑް ނަވާރައިގެ ޓާސްކްފޯސްއިން އިޢުލާންކޮށްފިއެވެ.
ލަންދޫގެ ޓާސްކްފޯސްއިން އިޢުލާންކޮށްފައިވާ ގޮތުގައި ލަންދޫގެ މިސްކިތްތަކުގައި ނަމާދުކުރާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތަށް ދާއިރު ގެއިން ވުޟޫކޮށްގެން ، މުސައްލަ ހިފައިގެން ދިޔުމާއި، އަބަދުވެސް މާސްކު އަޅައިގެން އުޅުމާއި، މިސްކިތްތެރޭގައި ސަފުހަދާއިރުވެސް 3 ފޫޓް ބެހެއްޓުމާއި ، ދާޢިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތައް މިސްކިތައް ނުދިއުމާއި، އެހެން މީހުންގެ މުސައްލާގެ ބައެއްވެސް ބޭނުން ނުކުރުން ހިމެނެއެވެ.

ލަންދޫގެ މިސްކިތްތައް މިރޭގެ ފަތިސް ނަމާދަށްފަހު ހުލުވާލި ނަމަވެސް އެރަށް އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. އެރަށުން މިހާތަނަށް ޖުމުލަ 46 ފަރާތެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރެއިން 42 ފަރާތެއްވަނީ މި ބަލިން ރަނގަޅުވެފައެވެ. މިބައްޔަށް ޖުމުލަ 4 ފަރާތެއް މިވަގުތު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން ވޭތުވެ ދިޔަ 48 ގަޑިއިރު ތެރޭގައި ފައްސިވެފައިވަނީ ހަމަ އެންމެ ފަރާތެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close