ޚަބަރު

ރައީސް ޔާމީންގެ މިއަދުގެ ޝަރީއަތް ކެންސަލް ވެއްޖެ

ވ.އާރަށް ކުށްޔަށް ދިނުމުގެ މައްސަލައިގައި ރައީސް ޔަމީންގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ދައުވާ މިއަދުގެ އަޑުއެހުން ކެންސަލް ވެއްޖެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް އެފައިސާ ލޯންޑާ ކުރިކަމަށް ތުހުމަތުކޮށް އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާއިރު މިއަދުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ.

ކްރިމިނަލް ކޯޓުން މިއަދު ވިދާޅުވީ ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން މި އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދި ސިޓީފުޅެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެކޯޓުން މިއަދަށް ތާވަލްކުރި ހެކިބަސް ނެގުމުގެ ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށެވެ.

މައްސަލައިގާ އިއްޔެ ވެސް ވަނީ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ބާއްވާފައެވެ. އިއްޔެ ވަނީ ދިފާއީ ހެކިންގެ ހެކިބަސް ނަގަން ފަށާފައެވެ.

އިއްޔެ ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްއެވެ. އޭނާ ވަނީ ޔާމީން ދެއްވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައިމާ ހަވާލުކުރި ކަމަށް ހެކިބަސް ދީފައެވެ.

މައްސަލައިގާ އަދިވެސް އިތުރު ދިފާއީ ހެކިން ހުށަހަޅާފައި އެބަހުއްޓެވެ.

މައްސަލައިގާ ޔާމީންގެ މައްޗަށް ވަނީ ޖުމުލަ ދެ ދައުވާއެއް އުފުލާފައެވެ. އެއީ މަނީ ލޯންޑާ ކުރުމާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. ދެން ދައުވާކޮށްފައިވަނީ ކުރިން މަޖިލީސް މެންބަރުކަން ކުރެއްވި ޔޫސުފް ނައީމްގެ މައްޗަށެވެ. ދެ ބޭފުޅުން ވެސް ދައުވާއަށް އިންކާރު ކުރައްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close