ދިޔަރެސް ނޫސް ކިޔަން ހެޔޮވެސް ނުވާނެ ، އަޅުގަނޑު ވާ ސަލާމް – ޝެއިޚް ޒައިދު
ރާއްޖޭގައި ނެރޭ އޮންލައިން ނޫހެއްކަމުގައިވާ ދިޔަރެސް ނޫހަކީ ހަމަ އެއްގޮތަކަށްވެސް ކިޔަން ހެޔޮވާވަރުގެ ނޫހެއް ނޫންކަމަށް ވިދާޅުވެ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމްވެރިޔާ އައްޝެއިޚް ޢަލީ ޒައިދު ފާޑުވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިޔަރެސް ނޫހުގައި ހުންނަ ޚަބަރަކީ ކިޔަން ހެޔޮވެސް ވާ ނޫހެއް ނޫނޭ މީހުން އަބަދުވެސް ކިޔައި އުޅޭކަމަށެވެ.
“މިއަދު އަޅުގަނޑަށްވެސް ޔަޤީންވެއްޖެ، އެނޫހަށް ނިސްބަތްވާ ބޭފުޅުންގެ ދޮގުވެރިކަން ހުރި ލެވަލް، މިނޫސް ކިޔަން ހެޔޮވެސް ނުވާނެ. އަޅުގަނޑު ވާ ސަލާމް މިނޫހަށް ” ޝެއިޚްގެ ޓްވީޓްގައި މިއަދު ވިދާޅުވެފައިވެއެވެ.
ދިޔަރެސް ނިއުސް ޓެގް ކުރައްވާ ޝެއިޚް ޒައިދު މިއަދު ޓްވީޓެއް ކުރައްވާފައިވާއިރު މިއީ ކީއްވެ ކޮންކަމަކާ ގުޅީގެން އަދި ކޮންސަބަބަކާ ހުރެ ކުރެއްވި ޓްވީޓެއްކަމެއް ވިދާޅުވެފައެއް ނުވެއެވެ.
ޝެއިޚް ޒައިދު ދިޔަރެސް ނޫހާމެދު ހިތްޕުޅާ ނުވެފައިވާ ވާއިރު ދިޔަރެސް ނޫސް ފާހަގަވެގެން ގޮސްފައިވަނީ ސަރުކާރަށް ފާޑުކިޔުމާއިއެކު އިދިކޮޅުގެ ޚަބަރުތައް ބޮޑަށް ކަވަރ ކުރާ ނޫހެއްގެ ގޮތުގައެވެ.

