އަދާލަތުގެ ޢިލްމުވެރިންގެ މަޖިލީހުން ޝައިޚް ޒައިދު އިސްތިއުފާ ދެއްވައިފި
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދީނީ އިލްމުވެރިޔާ ޝައީޚް އަލީ ޒައިދު އިސްތިއުފާ ދެއްވައިފިއެވެ.
ޝައިޚް ޢަލީ ޒައިދު މިކަން ހާމަކުރެއްވީ މިއަދު އެބޭފުޅާ ކުރެއްވި ޓްވިޓެއްގައެވެ.
“އިލްމުވެރިންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްއާއި އެހެނިހެން ހުރިހާ މެންބަރުން އަޅުގަނޑާއި މެދު އަމަލުކޮށްފައިވާ ގާތް ކަމާއި އޯގާތެރި ކަމަށް ޓަކައި ޝުކުރު ދަންނަވަމެވެ.” ޝައިޚް ޒައިދުގެ ޓްވިޓުގައި ވެއެވެ.
ލަފާކުރެވޭ ގޮތުގައި ޝައިޚް ޒައިދު މިފަދައިން ނިންމެވީ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމް.ޑީ.ޕީ އަށް ވޯޓު ނުދިނުމަށް ޝައިޚް ޒައިދު ގޮވާލައްވާފައިވަނިކޮށް އަދާލަތުން އިއްޔެ އެމް.ޑީ.ޕީ ކެނޑިޑޭޓަށް ތާޢިދުކޮށް ބަޔާނެއް ނެރުމާއި ގުޅިގެންނެވެ.
އަދަލާތު ޕާޓީގެ މަޝްވަރާ މަޖިލިހުން އެ ގޮތަށް ނިންމިއިރު، އެ ޕާޓީގެ ބައެއް އިލްމުވެރިން ވަނީ މި ފަހަރު އެމްޑީޕީއަށް ތާއީދު ނުކުރަން ގޮވާލައްވައިފައެވެ. އޭގެ ތެރޭގައި ޒައިދު ވެސް ހިމެނެއެވެ.
ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީ އިސްވެ އޮވެ މި ސަރުކާރުގެ ބައެއް ވުޒާރާތަކުން ކުރާ ކަންކަމުގައި ދީނާއި ޚިލާފު ކަންކަން ފާހަގަވާ ކަމަށެވެ. އެހެންވެ އެމްޑީޕީއަށް ވޯޓުނުދޭން ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ޒައިދު އިލްތިމާސް ކުރެއްވިއެވެ.

ރަގަޅު! މުހިންމު މީހެއްނޫން! ފައްކާ ޚަވާރިޖް ފިކުރު ފަތުރާ މީހެއް!