ޚަބަރު

11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި

11 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެ ސަރަހައްދުން 4 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެއްޗާއެކު މީހުން ހައްޔަރުކުރީ އިއްޔެ މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ މި އޮޕަރޭޝަނުގައި މާލޭގެ އެއް ތަަނަކާއި ހުޅުމާލޭގެ 4 ތަނެއް ބަލައި، ފާސްކޮށް، 11.26 ކިލޯގެ ކެނަބިސް އަތުލައިގަނެވުނުކަމަށެވެ. އަދި މި އޮޕަރޭޝަނުގައި 4 މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close