ޚަބަރު

ބީއެމްލްގެ ޚާއްޞަ އާންމު ޖަލްސާއެއް އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެ

ބޭންކް އޮފް މޯލްޑިވްސް ޕލކގެ ޚާއްޞަ އާންމު ޖަލްސާއެއް އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ “ފަހިވޯޓް” ސިސްޓަމް މެދުވެރިކޮށެވެ.

މި ޖަލްސާގައި ބައިވެރިވެވޭނީ 10 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ޖަލްސާގެ އެޖެންޑާގައި ހިމެނެނީ 20 ޖުލައި 2024 ގައި ބޭއްވުނު ޚާއްޞަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމެވެ.

ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ މުއްދަތު 29 އޮގަސްޓު 2024 އިން 19 ސެޕްޓެންބަރު 2024 އަށް ހުޅުވާލެވިފައިވެއެވެ. ހިއްސާދާރުންނަށް ޕްރޮކްސީ ހޯލްޑަރުން މެދުވެރިކޮށްވެސް ޖަލްސާގައި ބައިވެރިވެވޭނެއެވެ.

ޖަލްސާގައި ވޯޓުލުން ކުރިއަށްދާނީ “ފަހިވޯޓް” މެދުވެރިކޮށެވެ. ކޮންމެ ހިއްސާދާރަކަށް ލިބޭނީ އެއް ވޯޓެވެ. ނަމަވެސް ޕޯލްއެއް ނަގާނަމަ، ކޮންމެ ހިއްސާއަކަށް އެއް ވޯޓު ދެވޭނެއެވެ.

މި ޖަލްސާއާ ގުޅޭ އިތުރު މައުލޫމާތު ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓުންނާއި، ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެ ކަމަށް ބޭންކުން މައުލޫމާތު ދީފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close