ވެސްޓް ބެންގޯލްގައި ޕާން މަސާލާ މަނާކުރާނެކަން އިއުލާންކޮށްފ
އަވަށްޓެރި އިންޑިއާގެ ވެސްޓް ބެންގޯލް ސަރުކާރުން އަންގާރަ ދުވަހު ވަނީ ދުންފަތުގެ ބާވަތްތައް ހިމެނޭ ގުޓްޚާ އާއި ޕާން މަސާލާ އެއް އަހަރު ދުވަހަށް އުފެއްދުމާއި ވިއްކުން މަނާކުރާނެކަން އިއުލާންކޮށްފައެވެ. ސްޓޭޓް ސަރުކާރުގެ އަމުރުގައިވާ ގޮތުން، މި ގަވައިދަށް އަމަލުކުރަން ފަށާނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެންނެވެ.
ވެސްޓް ބެންގޯލްގެ ހެލްތު ޑިޕާޓްމެންޓުން ނެރެފައިވާ ނޮޓިފިކޭޝަނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ ރައްޔިތުންގެ ސިއްހަތަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން މުޅި ސްޓޭޓްގައި ކާބޯތަކެތީގެ އެއްވެސް މާއްދާއެއް އުފެއްދުމާއި، ގުދަންކުރުމާއި، ބެހުމާއި، ވިއްކުން މަނާކުރުމުގެ ބާރު ކޮމިޝަނަރަށް ލިބިގެންވާ ކަމަށް ވެސް ބުނެފައިވެއެވެ
ގުޓްޚާ އާއި ޕާން މަސާލާ އިން ފެންނަނީ ދުންފަތާއި ނިކޮޓީން ފުޅާ ދާއިރާއެއްގައި ބޭނުން ކުރާ އިންގްރީޑިއަންޓްސް ގެ ގޮތުގަ އެވެ.
އާންމު ގޮތެއްގައި މިތަކެތި ވިއްކައިގެން ޓެކްސްގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބެނީ ސްޓޭޓް ސަރުކާރުތަކަކަަށް. ނަމަވެސް އާންމު ސިއްހަތުގެ މަސްލަހަތަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ސްޓޭޓްތަކުން ވަނީ ނިކޮޓީން ހުންނަ ގުޓްޚާ އާއި އެހެނިހެން ބާވަތްތައް މަނާކުރުމަށް ދުރާލާ ފިޔަވަޅުތަކެއް އަޅާފައެވެ.
މަމާތާ ބެނަރޖީގެ ސަރުކާރުން ވަނީ 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް ގުޓްޚާ، ބެޓެލް ސްޕައިސް އަދި ދުންފަތުގެ ގިނަ ބާވަތްތަކެއް މަނާކުރުމަށް ނިންމާފައެވެ. 2013 ވަނަ އަހަރު ސްޓޭޓް ސަރުކާރުން ވަނީ ވެސްޓް ބެންގާލްގައި ޚައިނީ، ގުޓްޚާ އަދި ޕަން މަސާލާ އެއް އަހަރު ދުވަހަށް މަނާކޮށްފައެވެ.

