ޚަބަރު

އެމް.ޑީ.ޕީ އާއި ޕީ.ޕީ.އެމް ގުޅިގެން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނުން – ރައީސް ޞާލިޙު

އެމް.ޑީ.ޕީ އާއި ޕީ.ޕީ.އެމް ގުޅިގެން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނުން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙު ވިދާޅުވީ، އަޅުގަނޑު ތާޢީދު އެމް.ޑީ.ޕީ އާއި ޕީ.ޕީ.އެމް ގުޅިގެން މަސައްކަތް ކުރުމަށް ނޫންކަމަށާއި މި ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު މަންފާއެއް ކުރާނެ ކަމެއް ނޫންކަމަށެވެ.

އެމް.ޑީ.ޕީ ގެ ޗެއަރ ޕާސަން އެގޮތަށް ނިންމިކަމަށްވިޔަސް އެއީ އެމް.ޑީ.ޕީގެ ނިންމުމެއް ނޫންކަމަށާއި އެމް.ޑީ.ޕީގެ ކަންކަން ނިންމަންޖެހޭ ވަކި އުޞޫލެއް އޮންނަކަމަށް ރައީސް ވިދާޅުވިއެވެ.

އެހެނަސް ވަކިވަކި ފަރުދުންވެގެން ސިޔާސީ ގޮތުން މަސައްކަތް ކުރެވޭނެކަމަށާއި އެއީކީ މައްސަލައެއް ނޫންކަމަށާއި ރައީސް ނަޝީދު ބޭނުންފުޅުވާނަމަ ރައީސް ޔާމީނާއި ގުޅިގެން ވަކ ފަރުދެއްގެ ގޮތުން މަސައްކަތް ކުރެވޭނެކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close