ޚަބަރު

ރައީސް ޔާމީނަށް ޙުކުމް އިއްވުން އާދިއްތަ ދުވަހަށް ތާވަލު ކޮށްފި

ވ. އާރަށު މައްސަލާގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

އާރަށުގެ މައްސަލައަކީ ޔާމީނާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

އެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުއެވެ.

އެ މައްސަލާގައި ދެ ފަރާތުން ވެސް ހެކިބަސް ނެގުން ވަނީ ނިންމާލައިފައެވެ. އަދި ދެފަރާތުން ވެސް ވަނީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ. އަދި މިދިޔަ މަހުގެ 30ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ވަނީ ހުލާސާ ބަޔާން އިއްވައިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close