ޚަބަރު

ވިނަރެސް ފްލެޓުތައް ޖުލައިގެ ނިޔަލަށް ނިމޭނެ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ވިނަރެސް ފްލެޓުތައް އަންނަ ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މި މަޝްރޫއު ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ. މި މަޝްރޫއުގެ ދަށުން10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމެންޓު ހަދާނެ އެވެ.

މި މަޝްރޫއު އާއި ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މީޑިއާގައި ވިދާޅުވީ މިހާރު ކުރިއަށްދަނީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ކަމުގައެވެ. އަދި އަމާޒަކީ މިއަހަރުގެ ޖުލައި މަހަށް މަސައްކަތްތައް ނިންމައި ފްލެޓްތައް ހަވާލު ކުރުންކަމަށެވެ.

މި ފްލެޓުތައް ދޫކުރާ މީހުންގެ ތެރޭގައި ހިޔާ ފްލެޓު ލިބުނު މީހުންގެ ތެރެއިން ފްލެޓު ދޫކޮށްލި މީހުން ހިމެނެ އެވެ. ގުޅީފަޅުން ފްލެޓު ލިބުނު މީހުންގެ ތެރެއިން 90 މީހުން ވަނީ ވިނަރެސް ފްލެޓަށް އެދި އެޗްޑީސީއަށް ސިޓީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން ސީލައިފްއިން ފްލެޓް ގަތުމަށް ފައިސާދެއްކި މީހުންނަށްވެސް މިމަޝްރޫޢުގެ ތެރެއިން ފަލެޓް ލިބޭނެ ގޮތެއް ސަރުކާރުންވަނީ ހަމަޖައްސައި ދީފައެވެ. ބާކީ ހުރި ފްލެޓުތައް ދިނުމުގައި އިސްކަން ދޭނީ މާލޭ ރައްޔިތުންނަށް ކަމަށް ސަރުކާރުން ކުރިން ހާމަކޮށްފައިވެ އެވެ.

ވިނަރެސް ފްލެޓުތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ގެންދާއިރު މަސައްކަތް މެދުކަނޑާލައި ލަސްވީ ކޯވިޑު-19 ގެ ހާލަތާއި ގުޅިގެންނެވެ. ދާދިފަހުން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ މި ފްލެޓުތަކުގެ މަސައްކަތް ލަސްވާ ސަބަބުން ސާފުކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close