ޚަބަރު

ޔޫޓޫޖޭ އެކަޑެމީ ފިއެސްޓާ 2019 ގެ ނެޓްބޯޅަ އިވެންޓް އިއްޔެ ފަށައިފި

ޔޫޓޫޖޭ އެކަޑެމީ ފިއެސްޓާ 2019 ގެ ނެޓްބޯޅަ އިވެންޓް އިއްޔެ ފަށައިފިއެވެ.  އިއްޔެ ހަވީރު ނ.ލަންދޫ ސްޕޯޓްސް އެރީނާގައި ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެލެއްވީ ނ.ލަންދޫ ހެލްތް ސެންޓަރގެ ހެލްތުވޯކާރ އަލްފާޟިލާ ތަސްލީމާ އަބޫބަކުރެވެ. މީގެ އިތުރުން ސަރަފުވެރިގެ ގޮތުގައި ގިނައަދަދެއްގެ އަންހެން ކަނބަލުން ބައިވެރިވެ ލެއްވިއެވެ.  

ކީރިތި ޤުރުއާންގެ ބަރަކާތުން ފެށިގެން ދިޔަ މި ރަސްމިއްޔާތުގައި ޝަރަފްވެރިމެހްމާން ތަސްލީމަ އަބޫބަކުރު ވާހަކަފުޅުދެއްކެވިއެވެ. ދުޅަހެޔޮ ސިއްޙަތަކަށްޓަކައި ކުޅިވަރައި ކަސްރަތަކީ ވަރަށް ބޭނުންތެރި އެއްޗެއް ކަމަށާއި ޔޫޓޫޖޭ އެކަޑަމީން ލަންދޫގައި ކުރިއަށްގެންދާ ޙަރަކާތްތަކަކީ ވަރަށް ބުރަ މަސައްކަތްތަކެއްކަމަށް ފާހަގަކުރައްވާ އެކަޑެމީގެ ހިންގުންތެރި ދެ ފައުންޑަރ ކަމަށްވާ އަލްފާޟިލް ޔޫސުފު ޢަބުދުއްރަހީމް އާއި، އަލްފާޟިލް ޙުސެއިން ޖަވާދަށް ތަސްލީމާ ޝުކުރުއަދާކުރެއްވިއެވެ.  

ޔޫޓޫޖޭ އެކަޑަމީގެ ފަރާތުން މިރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވީ ޔޫޓޫޖޭ އެކަޑަމީގެ އެއްފައުންޑަރ އަލްފާޟިލް ޔޫސުފް އަބުދުއްރަޙީމެވެ. ” ނެޓްބޯޅަ އިވެންޓުވެސް ފުޓްބޯޅަ އިވެންޓްފަދަ ކާމިޔާބު އިވެންޓަކަށް ހެދުމަށް މިދަނީ ވަރަށް ބުރަ މަސައްކަތް ކުރަމުން. އަންހެންކުދިންގެ ބައި އިތުރަށް ރަގަޅުކުރުމަށް ފިއެސްޓަރ އަށް ފަހު ޓްރެއިން ކުރާނީ ނެޓްބޯޅަ އާއި އެކު ބަށި . އިރާދަކުރެއްވިޔާ ނިންމުމުގެ ރަސްމިއްޔާތަށްވެސް މަޝްހޫރު ބޭފުޅަކު ގެނެވޭތޯ މިދަނީ މަސައްކަތް ކުރަމުން ” ކަމަށް ޔޫސުފުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ހުޅުވުމުގެ ގޮތުން އެންމެ ފުރަތަމަ ކުޅުނީ ލެވެލް 1 ގެ ތުއްތު ކުދިންގެ މެޗެވެ. މިމެޗުގައި ބައްދަލުކުރީ ބުލޫ ޓީމާއި ގުރީން ޓީމެވެ. މިމެޗް ނިމިގެންދިޔައީ  5-0 ޕޮޓުން  ބުލޫޓީމެވެ. މިމެޗްގެ ކުއީން އޮފްދަ މެޗަށް ހޮވިފައިވަނީ ބުލޫ ޓީމުގެ އައިމިނަތު އައިނާ ފާއިޒެވެ.

ދެވަނަ މެޗުގައި ބައްދަލުކުރި ލެވެލް 2 ގެ ރެޑް ޓީމާއި ގުރީން ޓީމްގެ މެޗް ފޯރިގަދަ ކުޅުމަކަށްފަހު މެޗް ކާމިޔާބު ކުރީ 3-5 ޕޮޓުން ރެޑް ޓީމުންނެވެ. މިމެޗްގެ ކުއީން އޮފްދަ މެޗަށް ހޮވިފައިވަނީ ރެޑް ޓީމުގެ މަރިޔަމް އިމްޝާ އެވެ.ނެޓްބޯޅަ އިވެންޓުގެ މެޗްތަށް މިހަފްތާގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މިއަދު އެންމެ ފުރަތަމަ ބައްދަލުކުރާނީ ލެވެލް 3 ގެ ބުލޫ ޓީމާއި ގުރީން ޓީމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close