ކުޅިވަރު

ޗެލްސީ އާއި އެއްވަރުކުރަން ލިވަޕޫލު ބޭނުން ވަނީ އެންމެ ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން ބަލިކޮށް ލިވަޕޫލުން އެމެޗު ކާމިޔާބު ކުރުމުން ލީގުގެ އެއްވަނައިގައި އޮތް ޗެލްސީ އާއި ހަމަކުރަން އެޓީމަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 0-4 ގެ ނަތީޖާއަކުންނެވެ

މި މެޗު ފަށައިގެން 2 ވަނަ މިނެޓުގައި ލިވަޕޫލަށް ފުރަތަމަ ލަނޑު ޖަހައިދިނީ ރޮބަޓްސަންގެ އެހީތެރިކަމާއެކު ޖޮޓާއެވެ. މިއީ މި ފަހަރުގެ ޕްރިމިއާ ލީގުގައި ފެނުނު އެންމެ އަވަސް ލަނޑެއެވެ. މެޗްގެ 2 ވަނަ ލަނޑު 32 ވަނަ މިނެޓްގައި ކާމިޔާބުކުރީވެސް ޖޮޓާއެވެ. މިއީ ސަލާހުގެ އެހީތެރިކަމާއެކު ޖޮޓާ ޖެހި ގޯލެކެވެ. މޮޅު ކުޅުމެއް ދައްކަމުން ދިޔަ ލިވަޕޫލްގެ 3 ވަނަ ލަނޑު ޖެހީ 37 ވަނަ މިނެޓްގައި ތިއާގޯ އަލްކަންޓާރާއެވެ. މެޗުގެ 4 ވަނަ ލަނޑު 52 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސައުތަމްޓަންގެ ކުރީގެ ކެޕްޓަން ވާޖިލް ވެން ޑައިކެވެ.

ސައުތެމްޓަން އަތުން ހޯދި ބޮޑު މޮޅާއެކު ލިވަޕޫލުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން 28 ޕޮއިންޓް ހޯދައި، ތާވަލްގެ 1 ވަނައިގައި އޮތް ޗެލްސީއާ ޕޮއިންތަކާ ގާތަށް ޖެހިލާފައެވެ. ލީގުގެ އެއްވަނައިގައި ޗެލްސީ އޮތީ 12 މެޗުން ލިބުނު 29 ޕޮއިންޓާއެކު ގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close