ކުޅިވަރު

މާޔޫސްކަން ފިލުވާލާ ޑެންމާކު ދެވަނަބުރަށް

މި ފަހަރުގެ ޔޫރޯގައި ފިންލެންޑާ ދެކޮޅަށް މީގެ ނުވަ ދުވަސް ކުރިން ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައި ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނު ޑެންމާކްގެ ތަރި ކްރިސްޓިއަން އެރިކްސަން އަށް ދިމާވި ހިތާމަވެރި ހާދިސާގެ މާޔޫސްކަމުން އަރައިގަނެ ވަރުގަދަ ރަޝިޔާ އަތުން 4-1 އިން މޮޅުވެ ޑެންމާކް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

އެރިކްސަންއަށް ދިމާވި މައްސަލައާއި ގުޅިގެން މެޗް ހުއްޓާލުމަށްފަހު ދެގަޑިއިރެއްހާފަހުން ފެށި މެޗުގައި ޑެންމާކު 1-0ން ބަލިވެ އަދި ފަހުން އެޓީމު ކުޅުނު މެޗުގައި ބެލްޖިއަމްއަތުން 2-1ން ބަލިވުމުން ރޭގެ މެޗަށް ނިކުތްއިރު އެޓީމަށް އޮތީ ގޯލުތަކެއް ޖަހައިގެން މޮޅުވަން މަޖުބޫރުވެފައެވެ. އެހެންކަމާއިއެކު މެޗުފެށުނީންސުރެ އެޓީމުން ދިޔައީ ރަޝިޔާގެ ޑިފެންސްލައިނަށް ބާރު ބޮޑުކުރަމުންނެވެ.

މިމެޗުގައި ޑޭންމާރކުގެ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ މެޗުގެ 38 ވަނަ މިނިޓުގައި ޑަމްސްގާޑް އާއި މެޗުގެ 59 ވަނަ މިނިޓްގައި ޔޫސުފް ޕޯލްސަން އާއި މެޗުގެ 79 ވަނަ މިނިޓްގައި އަންދްރެއަސް ކްރިސްޓެންސަން އާއި އަދި މެޗުގެ 81 ވަނަ މިނިޓްގައި މޭލާ އެވެ. ރަޝިޔާގެ ލަނޑު އެޓީމަސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އާޓެމް ޒޫބާއެވެ.

މި ގްރޫޕުގައި ހިމެނޭ ދުނިޔޭގެ ރޭކިންގެ 1 ވަނާގައި މިވަގުތު އޮތް ބެލްޖިއަމްވަނީ ފިންލެންޑު ބަލިކޮށް ތިންމެޗުންވެސް މޮޅުވެ ޖުމުލަ 9 ޕޮއިންޓާއިއެކު ގްރޫޕުގެ 1 ވަނަ ހޯދާފައެވެ. އެޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ ތޯމަސް ވަމައެލަން އާއި އަދި މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ލުކާކޫއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close