24 މޭ 2022
އަންގާރަ
މިއަދު

މި އަހަރުގެ ވެސް ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލެވަންޑޯސްކީ ދިފާއުކޮށްފި

މިއަހަރުގެ ވެސް ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ދިފާއުކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ މިކަމަށް ބޭއްވި ހަފްލާގައި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފީފާއިން ދޭ “ދަ ވެސްޓް” އެވޯޑް ލެވަންޑޯސްކީއަށް ލިބުނުއިރު، 2020 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ލިބުނީ ލެވެސްޑޯސްކީއަށެވެ. ރޭގެ މި އެވޯޑް ލެވެންޑޯސްކީއަށް ލިބުނުއިރު، މިއީ މި އެވޯޑް ޖެހިޖެހިގެން އޭނާ ހޯދި ދެވަނަ ފަހަރެވެ.

އުމުރުން 33 އަހަރުގެ ލެވަންޑޯސްކީ ފީފާ އެވޯޑް ހޯދީ 48 ސްކޯރިން ޕޮއިންޓް ހޯދައިގެންނެވެ. ލެވަންޑޯސްކީގެ ޕޮއިންޓްތަކުގެ ތަފްސީލަށް ބަލާއިރު ގައުމީ ޓީމުތަކުގެ ކޯޗުންގެ ފަރާތުން އޭނާ އަށް 535 ޕޮއިންޓް، ގައުމީ ޓީމުތަކުގެ ކެޕްޓަނުންގެ ފަރާތުން 555 ޕޮއިންޓް، މީޑިއާގެ ފަރާތުން 589 ޕޮއިންޓް އަދި ސަޕޯޓަރުންގެ ފަރާތުން ވަނީ 353714 ޕޮއިންޓް ލިބިފަ އެވެ.

ދެ ވަނަ އަށް ދިޔަ މެސީ ސްކޯރިން ޕޮއިންޓަކީ 44 ޕޮއިންޓެވެ. އޭނާ އަށް ގައުމީ ޓީމުތަކުގެ ކޯޗުންގެ ފަރާތުން 254 ޕޮއިންޓް، ގައުމީ ޓީމުތަކުގެ ކެޕްޓަނުންގެ ފަރާތުން 344 ޕޮއިންޓް، މީޑިއާގެ ފަރާތުން 409 ޕޮއިންޓް އަދި ސަޕޯޓަރުންގެ ފަރާތުން ވަނީ 708،206 ޕޮއިންޓް ލިބިފަ އެވެ.

ތިން ވަނަ އަށް ދިޔަ ސަލާހު ސްކޯރިން ޕޮއިންޓަކީ 39 އެވެ. ގައުމީ ޓީމުތަކުގެ ކޯޗުންގެ ފަރާތުން ސަލާހު އަށް 271 ޕޮއިންޓް ލިބުނުއިރު، ގައުމީ ޓީމުތަކުގެ ކެޕްޓަނުން ވަނީ 176 ޕޮއިންޓް ހޯދައިދީފަ އެވެ. މީޑިއާގެ ފަރާތުން 184 ޕޮއިންޓް އަދި ސަޕޯޓަރުންގެ ފަރާތުން 528،245 ޕޮއިންޓް ސަލާހު އަށް ވަނީ ލިބިފަ އެވެ.

ކެޕްޓަނެއްގެ ހައިސިއްޔަތުން އާޖެންޓީނާގެ ކެޕްޓަން މެސީ ވޯޓު ދިނީ ނޭމާ އާއި ކީލިއަން އެމްބާޕޭ އަދި ކަރީމް ބެންޒެމާ އަށެވެ. ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ވޯޓު ދިނީ ލެވަންޑޯސްކީ، ޖޯޖީނިއޯ އަދި އެންގޯލޯ ކާންޓޭއަށެވެ. ސަލާހު ވޯޓް ދީފައިވަނީ މެސީ، ލެވެންޑޯސްކީ އަދި ޖޯޖީނިއޯ އަށެވެ.

މި އެވޯޑް ލެވެންޑޯސްކީއަށް ލިބުނުއިރު، އޭނާ ވަނީ ނިމިގެން ދިޔަ އަހަރު ބަޔާންގައި މޮޅު ކުޅުމެއް ދައްކާ ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އަހަރު ޖަރުމަންް ލީގުގައި ކުޅުނު 29 މެޗުން 41 ގޯލު ޖަހައިދީފައެވެ. އަދި އޭނާ ވަނީ ނަޔާން އާއި އެކު ފީފާ ކްލަބް ވޯލްޑް ކަޕާއި ޖަރުމަން ލީގުވެސް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ލެވެންޑޯސްކީ ވަނީ ޕޮލެންޑްގެ ގައުމީޓީމާއި އެކު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން 12 މެޗުގައި އަށް ގޯލް ޖަހައިދީފައެވެ.

ގުޅުންހުރި ލިޔުންތައް:

ގުޅުންހުރި ލިޔުމެއްނެތް

ކޮމެންޓް: