ކުޅިވަރު

ފީފާވޯލްޑް ކަޕަށް ސައުދީއަރަބިޔާ ކޮލިފައިވެއްޖެ

ގަތަރުގައި އޮންނަ މިއަހަރުގެ ފީފާވޯލްޑް ކަޕަށް ސައުދީއަރަބިޔާ ކޮލިފައިވެއްޖެއެވެ.

ވޯލްޑް ކަޕަށް ސައުދީ އަރަބިއްޔާ ކޮލިފައިވީ ބުރާސްފަތި ދުވަހު އޮސްޓްރޭލިއާ އަތުން 2-0 އިން ޖަޕާން މޮޅުވުމުންނެވެ.

ސައުދީ އަރަބިއްޔާ އިން ފަސް ފަހަރެއްގެ މަތިން ވޯލްޑް ކަޕުގައި ފެނިގެން ގޮސްފައިވާއިރު، އެޓީމް ފުރަތަމަ ފަހަރަށް ކޮލިފައިވީ 1994 ވަނަ އަހަރު އެވެ. ސައޫދީގެ ޓީމު އެންމެ ފަހުން ކުޅުނު 16 މެޗުން ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެ ޓީމުން ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.

ވޯލްޑްކަޕަށް ކޮލިފައިވުމުން ސައުދީ އަރަބިއްޔާ ވެގެން ދިޔައީ ވޯލްޑް ކަޕަށް ހަ ފަހަރު ކޮލިފައިވި ފުރަތަމަ އަރަބި ޓީމަށް ކަމަށް ސައުދީގެ އަލް އިޚްބާރިޔާ ނިއުސް ޗެނަލުން ބުނެ އެވެ.

ޖަޕާނުގެ މި ކާމިޔާބީއާއެކު ވޯލްޑް ކަޕްގެ ފައިނަލަށް ވެސް ކޮލިފައިވީ އެ ގައުމުގެ ތާރީހުގައި ހަތް ވަނަ ފަހަރަށް ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކޮށްގެންނެވެ.

2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭޝިއާގެ ކޮލިފައިން ގްރޫޕްގެ ތިން ވަނައިގައި އޮތް ޓީމާ ދެކޮޅަށް އޮސްޓްރޭލިއާ މިހާރު ޕްލޭ އޮފް ގައި ކުރިއަށްދާނީ ކޮލިފައިންގެ އިތުރު ޖާގައެއް ހޯދުމަށް ދެކުނު އެމެރިކާގެ ފަސް ވަނަ އަށް ދާ ޓީމާ ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close