ކުޅިވަރު

މެސީގެ މޮޅު ކުޅުމާއިއެކު ގްރޫޕްގެ އެއްވަނަ އާޖެންޓީނާއަށް

ބުރެޒިލްގައި ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގަޑިން ރޭ ފަތިހު 5.00 ގައި ކުޅެވުނު މެޗު މެސީގެ މޮޅުކުޅުމާއި އެކު 4-1ން ބޮލިވިއާ ބަލިކޮށް އާޖެންޓީނާ ގްރޫޕުގެ 1 ވަނަ ހޯދައިފިއެވެ.

ރޭ ކުޅެވުނު މިމެޗުގެ ނިޔަލަށް ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް ނިމިފައިވާއިރު  އާޖެންޓީނާ އިން ގްރޫޕް އޭގެ އެއް ވަނަ ހޯދީ 10 ޕޮއިންޓާ އެކު އެވެ. 7 ޕޮއިންޓާއިއެކު  އުރުގުއޭ 2 ވަނަ ހޯދިއިރު ގްރޫޕް 3 ވަނައަށް ދިޔައީ 6 ޕޮއިންޓް ހޯދި ޕެރަގުއޭ އެވެ. އަދި ގްރޫޕްގެ 4 ވަނައަށް 5 ޕޮއިންޓާއި އެކު ޗިލީ ދިޔައިރު ބޮލިވިއާ އަށް ޕޮއިންޓެއް ނުލިބި ވަނީ މުބާރާތުން ކަޓައިފަ އެވެ.

ރޭ ކުޅެވުނު މިމެޗު ފަށައިގެން މާގިނައިރުތަކެއް ނުވެ އާޖެންޓީނާއިން ވަނީ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްފައެވެ. މެސީ ދިން ބޯޅައަކުން މި ގޯލް ކާމިޔާބުކުރީ ޕާޕޫ ގޯމޭޒް އެވެ. އާޖެންޓީނާގެ ދެވަނަ ގޯލު މެޗުގެ 31 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މެސީ އެވެ. އަދި އޭގެ 10 މިނިޓް ފަހުން ސާޖިއޯ އަގުއޭރޯ ދިން ބޯޅައަކުން މެސީ ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. އަދި މިއީ މި މުބާރާތުގައި މެސީ ކާމިޔާބުކުރި 3 ވަނަ ގޯލެވެ.

މެޗުގެ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މާގިނަ އިރެއް ނުވެ ، މެޗުގެ 15 ވަނަ މިނިޓްގައި  ބޮލިވިއާ އިން ވަނީ ގޯލެއް ޖަހާފައެވެ. އެޓީމަށް  މި ގޯލު ޖަހައި ދީފައިވަނީ އާވިން ސާވެޑްރާ އެވެ. އަދި މީގެ ފަސްމިނިޓްފަހުން އާޖެންޓީނާގެ ލަޓާރޯ މާޓީނޭޒް ވަނީ އާޖެންޓީނާގެ ހަތަރު ވަނަ ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

މި މުބާރާތުގެ ކުއާޓާރ ފައިނަލްގައި އަންނަ މަހުގެ 3 ވަނަ ދުވަހު އާޖެންޓީނާ ބައްދަލުކުރާނީ އެކުއެޑޯ އާއިއެވެ. 

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close