ކުޅިވަރު

އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ލުކާކޫ ތަފާތު ދައްކައިފި

ނިމިގެން ދިޔަ އިޓާލިއަން ސެރީ އާގެ ޗެމްޕިއަންކަން އިންޓަ މިލާނަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ބެލްޖިއަމު ޤައުމީޓމުގެ ފޯވާރޑު ރޮމެލޫ ލުކާކޫ ބޮޑުއަގުގައި އިނގިރޭސި ޕްރެމިއާލީގުގެ ޗެލްސީއަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ތަފާތު ދައްކާލައިފިއެވެ. 

ލުކަކޫ މީގެ ކުރިންވެސް ޗެލްސީއަށް ކުޅެފައިވާއިރު އޭނާގެ ޒުވާން އުމުރުގައި ޗެލްސީގައި މާ އެކަށޭނަ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް ރޭގެ މެޗުގެ 15 ވަނަ މިނިޓްގައި އޭނާވަނީ ޗެލްސީއަށް ލަނޑެއް ކާމިޔާބުކޮށްދީ ރަނގަޅު ކުޅުމެއް ދައްކާ އޭނާއަކީ ދުނިޔޭގެ ފެންވަރުގެ ފޯވާރޑެއްކަން ސާބިތު ކޮށްދީފައެވެ.

ލަންޑަން ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ ޗެލްސީ އާއި އާސެނަލް ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗް ޗެލްސީ އިން 2-0 ން ކާމިޔާބު ކުރި އިރު ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ރީސް ޖޭމްސް އެވެ.

ރޭކުޅެވުނު އެހެން މެޗްތަކަށް ބަލާއިރު ލީގުގެ ފުރަތަމަ މެޗުގައި ބޮޑު ނަތީޖާއަކާއިއެކު މޮޅުވި މެންޗެސްޓާރ ޔުނައިޓެޓް އަށް ޖެހުނީ ސައުތުހެމްޓަން  އާއި ބައްދަލުކޮށް ޕޮއިންޓްއަކުން ފުންދާލާށެވެ. މި މެޗު ނިމިގެން ދިޔައީ 1-1 ން އެއްވަރު ވެގެންނެވެ. ވުލްވާހެމްޓަން ވޮންޑާސް އާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާސް ބައްދަލުކުރި މެޗު ނިމުނީ 1-0 ން ޓޮޓެންހަމް މޮޅުވެގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close