ކުޅިވަރު

ލުކަކޫ އާއި ފެނާންޑޭސްގެ ގޯލުތަކާއިއެކު އިންޓާރ އާއި މެންޔޫ ސެމީއަށް

މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކާތެރި ބައްޔާގުޅިގެން  ކުއާޓާ ފައިނަލުގެ ހުރިހާ މެޗެއް ސެންޓްރަލައިޒްކޮށް އެއް ސަރަހައްދެއްގައި މިނި ޓޯނަމެންޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ދެމެޗުން މޮޅުވެ އިޓަލީގެ އިންޓަމިލާނާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާރ ޔުނައިޓެޑުން ސެމީގެ ފުރުޞަތު ހޯދާފިއެވެ. އިނޓަރމިލާނުން ސެމީގެ ފުރޞަތު ހޯދީ ޖަރުމަނުގެ ބަޔާން ލެވަކޫސަން 2-1 ން ބަލިކޮށްގެންނެވެ. އިންޓާގެ މި ކާމިޔާބަކީ 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތެއްގެ ސެމީން ފުރުސަތު ހޯދި ހޯދުމެކެވެ. ޔުނައިޓެޑުން ސެމީގެ ފުރުސަތު ހޯދީ 1-0 އިން ޑެންމާކުގެ ޗެމްޕިއަން ކޯޕެންހާގެން ބަލިކުރުމަށް ފަހު އެވެ.

ލެވަކޫސަން ކޮޅަށް ރޭގެ މެޗުގައި އިންޓަ އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އިޓަލީގެ މިޑްފީލްޑަރު ނިކޯލޯ ބަރޭލާ އާއި މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރޮމެލޫ ލުކާކޫ އެވެ. ރޭގެ މެޗުގައި ޖެހި ގޯލާ އެކު ލުކާކޫ ވަނީ ޔޫރޮޕާ ލީގުގައި ޖެހިޖެހިގެން ނުވަ މެޗުގައި ލަނޑު ޖަހައި ރެކޯޑެއް ގާއިމްކޮށްފަ އެވެ. ލުކާކޫ ނުވަ ގޯލު ހަމަކުރީ މި މުބާރާތުގައި އެންމެ ފަހުން އެވަޓަން އަށް ކުޅެދިން ފަސް މެޗުގައި ލަނޑު ޖެހުމުގެ އިތުރުން އިންޓަ އަށް މި މުބާރާތުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން ލަނޑު ޖަހައިގެންނެވެ. ލުކާކޫ ވަނީ މި ސީޒަނުގައި ޖުމުލަ 31 ގޯލު ޖަހައިފަ އެވެ.

ރޭގެ މެޗުގައި މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ގޯލު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖެހީ ޕެނަލްޓީ އަކުން ފެނާންޑޭސް އެވެ. މިއީ ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސ ވާދަވެރި މޮޅުކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close